ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަކީ ދިވެހި ދައުލަތް ދަރަނިވެފައިވާ މިންވަރާއި ދަރަނި ބެހެއްޓިފައިވާ ގޮތާއި ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަދޭނެ މިންވަރު ދެނެގަތުމުގައި އަމަލުކުރާނެ އިރުޝާދެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅުއްވި ގަރާރެކެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.
އީވާގެ ގަރާރުގައި ވަނީ 2013 އިން 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި ތިން އަހަރު ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް އެދި 10 އޮގަސްޓު 2020 ގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު 27 އޮކްޓޯބަރު 2020 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓުގައި ވަނީ،
އީވާ ހުށަހެޅުއްވި ގަރާރުގައި ވަނީ މަޖިލީހުން ފާސްކޮށްފައިވާ ހުށަހެޅުންތަކުގައިވާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލާފައެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދައުލަތުގެ ދަރަނި ރީސްޓްރަކްޗަ ކުރުމާ ގުޅޭގޮތުން މީގެ ކުރިން އެކި ފަހަރު މަތިން ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގައި ދަރަނި ރީސްޓްރަކްޗަ ކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ވިދާޅުވެފައެވެ.