ads
މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން
ސިއްހީ ދާއިރާއާއި ޔުނިވާސިޓީގެ މުސާރަ މެއި މަހު ބޮޑުވާނެ
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ޔުނިވާސިޓީގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުވާނެކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.
Advertisement

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މެއި މަހު ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުވާނެކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ ދާއިރާގެ މުސާރަ ބޮޑު ކުރުމަށް މިއަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ފައިސަލް ވިދާޅުވީ މެއި މަހު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވާއިރު އެދާއިރާ 55 ގިންތިއަކަށް ބަހާލާފައިވާ ކަމަށެވެ.

އަދި މުސާރަތައް ކަނޑައެޅިފައިވަނީ އެ 55 ޕްރޮޕެޝަންގެ މައްޗަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ސިއްހީ ދާއިރާގެ އިތުރުން މެއި މަހު ޔުނިވާސިޓީގެ މުސާރަތައްވެސް ބޮޑުވެގެންދާނެ ކަމަށެވެ. ރާއްޖޭގައި ސަރުކާރުން މިހާރު ހިންގަމުން ގެންދަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އެވެ.

ފައިސަލް ވިދާޅުވީ ޕޭ ކޮމިޝަނުން ދައުލަތުގެ މުސާރަތައް އެއްގޮތްކޮށް ޕޭ ހާމަނައިޒް ކުރާ އިރު ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މަސައްކަތް ނިމޭއިރު މުޅި ދައުލަތުގެ މުސާރަތައް އޮނިގަނޑަކަށް ފެތިގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް