ޕްރަބާކަރަން މަރުވިކަމަށް ރާޖަޕަކްސާގެ ސަރުކާރުން އިއުލާނުކުރީ 2009 ވަނަ އަަހަރުގެ މޭމަހުގެ ތެރޭގައެވެ.
ލަންކާ ސަރުކާރުން ޓެމިލް ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމާގައި ޕްރަބާކަރަން މަރާލައި އޭނާގެ ހަށިގަނޑުން ޑީއެންއޭވެސް އޭރު ޓެސްޓުކުރިއެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ތަމަޅަ މީހުންނަށް ޕްރަބާކަރަންއަށް "މަރުހަބާ ކިޔުމަށް ނުކުތުމަށް" ވެސް ނޭޑޫމާރަން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އަދި އެލްޓީޓީ ބާރުގައި އޮތްއިރު ލަންކާގެ ބިން ބޭނުން ކުރުމުގެ ހުއްދަ "އިންޑިއާއާ ދެކޮޅު އެއްވެސް" ބާރަކަށް ދީފައި ނުވާ ކަމަށް ވެސް ތަމަޅަ ލީޑަރު ބުންޏެވެ.
ޕަޒާ ނެޑޫމާރަން
ޕަޒާ ނެޑޫމާރަން އަކީ ލިޔުންތެރިއެއްގެ އިތުރުން ތަމަަޅައިންގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓެކެވެ. ތަމަޅަ ބައި-ވީކްލީ ތެން ސެއިޑީގެ އެޑިޓާ އިން ޗީފް އަދި ކޮންގްރެސް ޕާޓީގެ ކުރީގެ މެންބަރެކެވެ. އޭނާ އަކީ އިންޑިއާގެ ތަމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ކޭ ކަމަރާޖްއާއި ގާތް ބޭފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;