ads
ޓީޗާސް އެސޯސިއޭޝަންގެ ފަރާތުން މިނިސްޓަރާއި ބައްދަލުކުރުން--
ޑިގުރީ ފުރިހަމަކުރާ ޓީޗަރުން ޕްރޮމޯޝަން ހޯދަން ވަޒީފާއިން ކެނޑެން ޖެހެނީ
ޑިގުރީ ފުރިހަމަ ކުރާ ޓީޗަރުންނަށް، މިހާރު އަމަލުކުރާ އޮނިގަނޑުން ޕްރޮމޯޝަން ނުލިބި ދެ އަހަރު ދުވަހު ތިބެންޖެހޭ ކަމަށާއި ނަމަވެސް ވަޒީފާއިން ކެނޑި އަލުން ވަޒީފާއަށް ވަނުމުން މުސާރައިގެ ކުރިއެރުން ވަގުތުން ލިބޭކަމަށްބުނެ ސިވިލް ސާވިސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

އެ ކޮމިޝަނުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގެ ފަރާތުން ނޭސަނަލް ޕޭކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއިއެކު އިއްޔެ ބޭއްވުނު ބައްދަލުވުމުގެ ތެރޭގައެވެ.

ކޮމެޓީގެ ބައްދަލުވުމުގައި ސީއެއްސީގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު ފާހަގަކުރެއްވި ގޮތުގައި، ނޭޝަނަލް ޕޭކޮމިޝަނުން މިހާރު އާންމުކޮށްފައިވާ އޮނިގަނޑުގައި ވާގޮތުން ޑިގްރީ ފުރިހަމަކުރައްވާ ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބި ދެ އަހަރު ހޭދަކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އެޓީޗަރު އެހެން ސްކޫލަކަށް ކުރިމަތިލާ ވަޒީފާއަށް ހޮވިއްޖެނަމަ ޑިގްރީ ފެންވަރުގެ މުސާރަ ލިބޭކަމަށާއި މިކަމަކީ ހަމަޖެހޭ އުސޫލެއްކަމަށް ގަބޫލު ނުކުރައްވާކަމަށް ރަޝީދު ވިދާޅުވިއެވެ.

"ބޮޑު މުސާރަ ބޭނުންނަމަ އިސްތިއުފާދެއްވާފައި ހަމަ އެ މަގާމަށް އަލުން އެޕްލައިކުރައްވާ މަގާމަށް އައްޔަން ކުރުމުން އެ ޓީޗަރަކަށް ޑިގްރީ ފެންވަރުގެ މުސާރަ ލިބޭކަމަށް ވާނަމަ ސިސްޓަމްތެރޭ ހުރެގެން ޕްރޮމޯޝަން ލިބެން ޖެހޭނެކަމަށް ސިވިލްސަރވިސް ކޮމިޝަނުން ގަބޫލުކުރަން" ރަޝީދު ވިދާޅުވިއެވެ.

މި މައްސަލަ މިހެން އޮތުމުން، ޓީޗަރުންގެ ފަރާތުން ޝަކުވާ އަންނަ ކަމަށާއި މައްސަލަ ހައްލު ކުރުމަށް ސީއެސްސީއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޕޭކޮމިޝަނާވެސް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

މި މައްސަލާގައި ކޮމިޓީގެ މުގައްރިރު ރޮޒެއިނާ ވިދާޅުވީ ޑިގުރީ ފުރިހަމަކުރާ ޓީޗަރުންނަށް ޕްރޮމޯޝަން ނުލިބޭގޮތަށް އޮންނަ އޮތުމަކީ ވަރަށް ގިނަ ޓީޗަރުންގެ ޝަކުވާއެއް ކަމަށާއި ދެ ކޮމިޝަނުގެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މި މައްސަލައަށް ވީހާވެސް އަވަހަކަށް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. ނަމަވެސް، ޕޭކޮމިޝަންގެ ބޭފުޅުންގެ ފަރާތުން މި މައްސަލައާ މެދު އެދެވޭ ޖަވާބެއް ދެއްވާފައި ނުވާކަން ފާހަގަކުރެވެއެވެ. 

17%
ކަމުގޮސްފި
42%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް