
ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް 'ސަޅި މަންތްލީ' ޕްލޭނެއް ލިބޭ މި ޕްރޮމޯޝަނާ އެކު އިތުރު ޖީބީ ލިބޭނެ - ފޮޓޯ:ދިރާގު
ދިރާގު 'ސަޅި މަންތްލީ' ޕްލޭނާ އެކު، 495 ރުފިޔާއަށް ދުވާލަކު 3 ޖީބީ ޑޭޓާ
މުހައްމަދު އަތީފް
14 ފެބްރުއަރީ 2023 - 12:44:40
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް 'ސަޅި މަންތްލީ' ޕްލޭނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނީ ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ 'ސަޅި މަންތްލީ' ޕްރޮމޯޝަނާ އެކު އިތުރު ޖީބީ ލިބޭނެ ކަމަށެވެ.
މި ޕްލޭނާ އެކު:
- 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް ތިން ޖީބީ ޑެއިލީ ޑޭޓާ ނެގޭނެ
- މަހަކު ޖުމްލަ 90 ޖީބީ ލިބޭނެ
- 'S2GB30' ޖަހާފައި 343 އަށް އެސްއެމްއެސް ކޮށްގެން ޕްލޭން އެކްޓިވޭޓް ކުރެވޭނެ
- ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް https://bit.ly/Dhiraagu-App ވެސް އެކްޓިވޭޓް ކުރެވޭނެ
ސަޅި ޕްރީޕެއިޑް ޕްލޭން - ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނާ އެކު، ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ
އިތުރު މައުލޫމާތު: https://bit.ly/3xpM4WP
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް