ads
މަގުމަތީގައި ޖެއްސުން ކުރަމުންދާ އަންހެނާ
ޔޫކްރެއިން އަންހެނަކު މާލޭ މަގުމަތީގައި "މޮޔަވަނީ"!
ކުނި އަޅައި، ހުތުރު އެއްޗެހި ގޮވާ، ނަށާ، ޖެއްސުންކުރަން އުޅެނީ މަގުމެދުގައި
މަގުމަތީ ދުއްވާ އެއްޗިއްސަށް އުނދަގޫ ވާގޮތަށް މަގުމައްޗަށް ކުނި އަޅައި، ހަޑިހުތުރު ވައްތަރު ޖައްސައި ނަށަމުންދާ ޔޫކްރެއިން އަންހެނެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެމައުލޫމާތު އިއްޔެގެ ވަގުތެއްގައި ލިބުނު ކަމަށާއި، އެއީ ޔޫކްރެއިން އަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އެކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި މި އަންހެން މީހާ އެކި ދުވަސް މަތިން މަގުމަތީގައި ދަނީ ފާޑުފާޑަށް ނަށާ، ވައްތަރު ޖައްސަމުން ނެވެ. 

ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ލަގެޖެއްމަތީ މަގު މެދުގައި އިށީދެގެން އިދެ ވައްތަރު ޖައްސަ އެވެ. އަދި މަގުމެދުގައި ދުއްވާ އެއްޗިއްސަށް އުނދަގޫވާގޮތަށް ނަށާ ވައްތަރު ޖައްސަމުންދާތަންވެސް ފެނެ އެވެ. 

އަނެއް ވީޑިއޯއަކުން މަގުން ދުއްވާ އެއްޗިއްސަށް ދަތުރުނުކުރެވޭ ގޮތަށް މަގުމައްޗަށް ބައިވަރު އެއްޗެހިތަކެއް އުކާލައިގެން އުޅޭ މަންޒަރު ފެނެ އެވެ. އަދި ބާލީހެއް ނަގައިގެން ހުރެ މީހުންނާއި ދިމާލަށް ހުތުރު ބަހުން އެއްޗެހި ކިޔާ ފުރުއްސާރަ ކުރާތަން ވެސް ފެނެ އެވެ. ތަކުރާރުކޮށް ހުތުރު ބަސް ބޭނުންކޮށްގެން އޭނާ މަގުމަތީ ހުރެ ހަޅޭލަވަމުން ދިޔަ އެވެ. އަދި އެމަގުން ދަތުރުކުރާ މީހުންނާއި ދިމާލަށްވެސް މަގުމަތީ ހުރި އެއްޗެއްސަށް ނާރަން އަމުރުކުރާ މަންޒަރު ފެނެ އެވެ. 

އެހެން ވީޑިއޯއަކުންވެސް ފެންނަނީ ރެސްޓޯރަންޓެއް ކައިރީ ހުރެ ހުތުރު ވައްތަރު ޖައްސާ ނަށާ މަންޒަރެވެ. 

މި ވީޑިއޯތައް އާންމުކޮށް ބައެއް މީހުން ވަނީ މާލޭގައި ބިދޭސީ އަންހެނަކު "ބޮއިގެން" ވައްތަރު ޖައްސަމުން މަގުމަތީ ދުވާއިރުވެސް މާލޭގައި ހުރި ސީސީޓީވީ ފުޓޭޖުތަކަށްވެސް ނާރަނީތޯ ސުވާލު ކޮށްފަ އެެވެ. އަދި ފުލުހުންނަށް އެމަންޒަރު ހަމަ ނުފެންނަނީތޯ އާއި އާންމުންނަށް ފާޅުގައި ޖެއްސުން ކުރަމުން މަގުމަތީ އޭނާ އުޅޭއިރު، މަގުމަތީ ހަރަކާތްތެރިވާ ފުލުހުންނަށްވެސް އޭނާ ނުހުއްޓުވެނީތޯ ސުވާލު ކޮށްފައި ވެއެވެ. 

ބައެއް މީހުން ވަނީ މަގުމަތީގައި ދުއްވާ އުޅަނދުތަކަށް އުނދަގޫވާ ވަރަށް އޭނާގެ އަމަލުތައް ހުރިއިރު އެކަމާއި ކޮންމެވެސް ފިޔަވަޅެއް އެޅުމަށް ގޮވާލާފަ އެވެ. އެއީ ދުއްވާ އެއްޗިއްސަށް އުނދަގޫވެ، ނުރައްކާތެރި ހާދިސާ އެއް ހިގުމުގެ ފުރުސަތު އޮތްކަމެއް ކަމުގައި ބުނެވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް