ads
ސައީދު ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގެ މަންޒަރުތަކެއް: ފައިރިޝް ވަނީ ފިލައިފައި ކަމަށް ފުލުހުން ބުނޭ - ފޮޓޯ: މުހައްމަދު ސައީދު، ފޭސްބުކް
އާއްމު އުނދަގުލަކަށްވި ފައިރިޝް ހިންމަފުށީ ރިހެބުން ފިލައިފި
މާލޭގައި، ހިސާބުގަނޑު މީހުންނަށް އާންމު އުނދަގޫކުރާ މައްސަލައެއް ފުލުހަށް ހުށަހަޅައި ގިނަ ދުވަސްތަކެއްވީ ނަމަވެސް ހައްލުނުވެ އޮތުމުން، ދިވެއްސަކު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި އަހުމަދު ފައިރިޝް ބަންދުން ފިލައިފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި އޭނާ އެތަނުން ފިލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެތާގެ [އެންޑީއޭގެ] ބެލުމުގެ ދަށުގައި ހުއްޓާ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި [ފައިރިޝް] ފިލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ،" އެކަމާ ބެހޭ އިތުރު ތަފްސީލެއް ނުދީ ފުލުހުންގެ މެސެޖްގައި ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނީ ފައިރިޝަކީ ވަރަށް ފަހުން ވެސް ބަންދުގައި ބެހެއްޓި މީހެއް ކަމަށާއި ނަމަވެސް ބަންދުން ދޫކޮށްލި އިރަށް މީހުންނަށް އުނދަގޫކުރަން އޭނާ ފެށީ ކަމަށެވެ.

އެހެން ނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް