ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމު ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދަން ބޭނުންވާ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރު ކުރުން ކަމުގައެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވުމާ އެކު ފަތުރުވެރިން ދަތުުރު ކުރުމަށް ކުރަން ޖެހޭ ހޭދަ ކުޑަވެގެންދާނެ ކަން ފާހަގަކުރައްވާ މައުސޫމް ވިދާޅުވީ އުތުރުގެ ތިން އަތޮޅުގައި މިހާރު ފުޅާކުރެވިފައިވާ އާރްޓީއެލް ފެރީތަކުގައި އާންމުންނަށާއި ފަތުރުވެރިންނަށް އެއް އަގެއްގައި ދަތުރުކުރެވޭނެ މަގުފަހިކޮށްދީފައިވަނީ ވެސް ފަތުރުވެރިން ދަތުުރަށް ކުރާ ހޭދަ ކުޑަކޮށް ފަތުރުވެރިކަން ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ.
މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ރަށްތަކުން ލިބެން ޖެހޭ ވަސީލަތްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށާއި ބަނދަރުތައް ހަދައި، ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ތައުލީމީ އަދި ސިއްހީ ދާއިރާ ތަރައްގީ ކުރެވުމުން ރަށްތަކުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށެވެ.
އެ ކަންކަން ދަނީ ކުރެވެމުން ކަމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި މައްސަލަތަކަށް ކުރިއަށް އޮތް ދެ އަަހަރު ދުވަހުގެ ތެރޭގައި ހައްލު ލިބިގެންދާނެ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ފަށާފައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން: