ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި ޓޮޓެންހަމް އަތުން މިލާން މޮޅުވީ ރޭ އެއް ލަނޑު ސުން ލަނޑުންނެވެ.
މި ނަތީޖާތަކާ އަންނަ މަހު އަށް ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް މިލާނަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. ޓޮޓެންހަމް އިން ޖެހޭނީ އެއް ލަނޑަށްވުރެ ބޮޑު ތަފާތަކުން މޮޅުވާށެވެ. މިލާނަށް އެ މެޗުން ޕޮއިންޓަކުންވެސް ފުއްދާލެވޭނެއެވެ.
މިލާންގެ ސަންސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމަށް މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ ވަރަށް ކުރީކޮޅު، ޒުވާން މިޑްފީލްޑަރު، ބްރާހިމް ޑިއާޒް އެވެ.