މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އީޓުކުރި މޯބައިލް އެޕްލިކޭޝަން ތައާރަފު ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
ޝައުނާ ވިދާޅުވި ގޮތުގައި އީފާސް ލޮގިންއަކާ އެކު ކުރިއަށް އޮތްތަނުގައި އީޓުކުރި މޯބައިލް އެޕްލިކޭޝަން ބޭނުންކުރެވޭނެ ގޮތް ވުމަކީ އުންމީދުކުރައްވާ ކަމެއް ކަމުގައެވެ.
ސައިބަ ވެއްޓަކީ ރައްކާތެރި ވެއްޓެއްކަން ކަށަވަރުކުރުން މުހިންމުކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވެފައިވަނީ އީކޮމާސް ދާއިރާއަށް އޮތް އިތުބާރު ދެމެހެެއްޓުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.