ads
މިނިސްޓަރު އިމްރާން އަބްދުﷲ
ޕެޓްރޯލް ބިލު ނުދެއްކިގެން ފުލުހުންގެ ހިދުމަތް މެދެއްނުކެނޑޭ: މިނިސްޓަރު އިމްރާން
ބިލްތަކަށް ފައިސާ ނުދެއްކިގެން ކުޅުދުއްފުށީ ފުލުހުންގެ ހިދުމަތް މެދުކަނޑާލިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ހޯމިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ވެހިކަލްތަކަށް އަޅާ ޕެޓްރޯލް ބިލްތައް ނުދެއްކިގެން ފުލުހުންގެ ހިދުމަތް މެދުކެނޑުނުކަމަށް ފެތުރޭ ވާހަކައަކީ ދެތެެއް ނޫންކަމަށެވެ. 

"އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ބިލްތައް ޕޯސްޓުކުރުން. ބިލްތައް ހުރީ ޕޯސްޓުކޮށްފަ. އިއްޔެ ވަނީ ފައިސާ ވެސް ދެއްކިފަ. ފައިސާ ނުދެއްކިގެން ހިދުމަތް މެދުކެނޑުނު ވާހަކައަކީ ތެދު ހަބަރެއް ނޫން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިއްޔެ ކުޅުދުއްފުށީގެ ހަބަރުތައް ގެނެސްދޭ "ކުޅުދުއްފުށި ކޮމް" ގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ޕެޓްރޯލް ވިއްކާ "އެތުމާ" އަށް ފުލުހުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ ކުންފުނިން ފުލުހުންނަށް ޕެޓްރޯލް ވިއްކުން ހުއްޓާލާފައިވާކަމަށެވެ. އޭގެ ސަބަބުން ކުޅުދުއްފުށި ޕެޓްރޯލްކުރުމަށް ފުލުހުންނަށް ދަތިތަކަކާ ދިމާވެފައިވާކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. 

"އެތުމާ" އިން ފުލުހުންނަށް ޕެޓްރޯލް ވިއްކުން ހުއްޓާލިއިރު، 5 ލައްކަ ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ޕެޓްރޯލް ބިލް ފުލުހުން ނުދައްކާ ހުރިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް