ads
މިނިސްޓަރު އިމްރާން: ފައިލް ފޮޓޯ
ނުހައްގުން މުއްސަނދިވެފައިވާ ގޭންގުތަކަކަށް ދައުވާކުރަނީ
ރާއްޖޭގައި ނުހައްގުން މުއްސަނދިކަން ހޯދާފައިވާ ގޭންގުތަކެއް ނުވަތަ އެފަދަ ގޭންގުތަކެއްގެ މެންބަރުން ތަކެއްގެ މައްޗަށް ދައުވާކުރަން މަސައްކަތްތަކެއް ކުރެވެމުން ގެންދާކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ތަހުގީގުތަކެއްގެ ތެރެއިން ފާހަގަވި ކަންތައްތަކެއްގެ ސަބަބުން ނުހައްގު މުއްސަނދިކަމާއި ގުޅޭގޮތުން ތަހުގީގުތަކެއް ކުރަމުން ގެންދާކަމަށެވެ. 

"ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޕްރޮސެކިއުޓާ ޖެނެރަލްއަށް މި މައްސަލަތައް ފޮނުވި ދައުވާކުރެވިގެން ދާނެ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ނުހައްގު މުއްސަނދިކަން ހޯދައިގެން ދައުވާކުރަނީ ކޮން ގޭންގުތަކަކަށް ކަމެއް އަދި، އެމީހުން ހޯދާފައިވާ މުއްސަނދިކަމަކީ ކޮބައިކަމެއް މިިނިސްޓަރު ވިދާޅެއް ނުވެއެވެ. 

އިންތި ވިދާޅުވީ ސަރުކާރުން ބޭއްވި ވިއަވަތި މަހާސިންތާގައި ދިވެހިރާއްޖޭގެ ކްރިމިނަލް ގޭންގުތައް އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ބުނެފައިވާކަމަށެވެ. އެގޮތުން އެމީހުން ނުހައްގު މުއްސަނދިކަން ހޯދަމުން ގެންދާކަމަށާއި، އޭގެ ތެރޭގައި އުޅަނދުފަހަރު މިލްކުކުރުމާއި، ބިން މިލްކުކުރުމާއި ގެސްޓުހައުސް ހިންގުން ފަދަ ކަންކަން ކުރަމުން ގެންދާކަމަށެވެ. 

ނުހައްގު މުއްސަނިދކަން ޖިނާއީ ކުށަަކަށް ހަދާ މަޖިލީހުން ބިލެއް ފާސްކުރީ 2021 ވަނަ އަހަރުއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް