ads
މާލެ ޖަލު——
ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ރޭ ޖަލަށް ނުރައްކާތަކެއް ކުރިމަތިވެއްޖެ
ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ޖަލުގެ މުޅި ނިޒާމަށް ނުރައްކާތެރިކަންތައްތަކެއް ރޭ ދިމާވެފައިވާކަން ހޯމް މިނިސްޓަރު ޝޭހު އިމްރާން އަބްދުﷲ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރައްވައިފި އެވެ.

މިނިސްޓަރު ވިދާޅުވީ ނުރައްކަލުގެ ސަބަބުން އަންގާރަ ދުވަހުގެ ރޭ "ނުނިދޭ" ފަދަ ހާލަތަކަށް ދިޔަކަމަށެވެ. 

"އެނގޭތޯ ރޭގަވެސް އަޅުގނަޑުމެން ހޭލާތިބެންޖެހޭފަދަ އެތައް ހާދިސާތަކެއް ދިމާވި މުޅި ޖަލުގެ ނިޒާމަށް ގޮންޖެހުންތަކެއް ދިމާވާފަދަ،" ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.

your imageމިނިސްޓަރު އިމްރާން އަބްދުﷲ 

ހަރުކަށި ފިކުރުގެ ފަރާތުން ދިމާވި ނުރައްކަލުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ. ނަމަވެސް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ޖަލުގައި ވަކިން ބޭތިއްބުމަށްޓަކައި ހައިސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި އެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޭރަންސީ އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއިން ޖަލުން ނުރައްކާތެރި ކަންތައްތަކެއް ފާހަގަވެފައިވާކަމަށެވެ. އަދި އެ ސާވޭއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އޭޅުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މިއަހަރު ޖޫން - ޖުލައި ހިސާބުގަ ހަރުކަށި ފިކުރުގެ މީހުން ބޭތިއްބުމަށް ހަދަމުންދާ ހައިސެކިއުރިޓީ ވިންގުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް