ހަބަރު /
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައިފި
30 ޑިސެމްބަރ 2019 - 16:02:48
އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ރައީސް އޮފީހުން މިއަދު ނިންމައިފި އެވެ.

އެކަން އަންގައި ރައީސް އޮފީހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖައްސަވައި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައިވާ ކަމަށެވެ،
މިގޮތަށް ހަމަޖެއްސުމާ ގުޅިގެން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެތަނުގެ މުދަލާއި އެހެނިހެން ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ސޮއިކުރައްވައި މިނިސްޓަރު އަމީނަށް ފޮނުއްވި ސިޓީގައި ވަނީ އަންގާފަ އެވެ.
ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއާއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތްތަކާއެކު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ތައްޔާރުނުވެވުމުގެ ސަބަބުން، އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ރަސްމީކޮށް ފެށުން ވަނީ ފަސްކޮށްފަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ތައްޔާރީތައް މުޅިން ނިމި، އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް