ads
ސުޕްރީމް ކޯޓު---ފޮޓޯ:އަވަސް
ދީބާޖާ ހުކުމް ރިވިއު ކުރާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
ދީބާޖާ ހުކުމް ރިވިއު ކުރާ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

އޭޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ދީބާޖާ މައްސަލަ ރިވިއު ކުރުމުގެ ހުއްދައަށް އެދި 22 ޖެނުއަރީ 2020 ގައި މި އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ ގަވާއިދާ އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މީގެ ކުރިން އޭޖީ އޮފީހުން ވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާންމުންގެ ކަންބޮޑުވުން އެބައޮތްކަމަށް ބުނެފަ އެވެ. 

އެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާތީ، ރައްޔިތުންގެ މަސްލަހަތައް ރިއާޔަތްކުރުމަށް ފަހު އެ މައްސަލަ އަލުން ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުން ވަނީ ދިބާޖާ އިންވެސްޓުމަންޓް ޕްރައިވެޓް ލިމިޓެޑަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ހުކުމް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް