ads
މިހާރު ސަރުކާރުގެ ކޯލިޝަންތެރޭ އޮތް ޕާޓީތަކުގެ ލީޑަރުންނާއިއެކު ރައީސް ސޯލިހް
ކޯލިިޝަން ހެދުމާއިމެދު އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ގޮތް ނިންމަނީ
އަންނަ ރިޔާސީ އިންތިހާބުގައި ޕާޓީތަކާއިއެކު ކޯލިޝަން ހެދުމާއިމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.

މި ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި އިއްޒުއްދީން ސްކޫލްގަ އެވެ. އެމްޑީޕީގެ އިސް އޮފިޝަލަކު "ސީއެންއެމް" އަށް ކަަށަވަރުކޮށްދެއްވި ގޮތުގައި މިރޭގެ ޖްލަސާގައި އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމާއިމެދު މަޝްވަރާކުރާނެ އެވެ. އަދި އެކަން ކުރާނެ ގޮތަކާއިމެދު ވެސް މަޝްވަރާތައް ކުރެވޭނެ އެވެ.

މި ޖަލްސާގައި ކޯލިޝަން ހެދުމަށް ޕާޓީތަކާއިއެކު މަޝްވަރާ ކުރުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާއިމެދު ވެސް މަޝްވަރާ ކުރައްވާނެ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރަޓީ އޮތީ ރައީސް ސޯލިހުގެ އަތުގައި ކަމުން މި ނިންމުން ފާސްވާނެ ކަމަށް ބެލެވެ އެވެ. 

ރިޔާސީ އިންތިހާބުގައި އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރު 2018 ވަނަ އަހަރުވެސް ދިނީ ރައީސް ސޯލިހަށެވެ. އެފަހަރު ކޯލިޝަން ހެދީ މިހާރުވެސް ސަރުކާރުގައި ކޯލިޝަންތެރޭގައި އޮތް ޖުމްހޫރީ ޕާޓީ އާއި، އެމްއާރްއެމް އަދި އަދާލަތު ޕާޓީ އާއިއެކު އެވެ. 

މީގެތެރެއިން ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް މިހާރު ތައްޔާރުވަމުންދާއިރު، ކޯލިޝަނުގައި އޮތުމާއިމެދު އަދި ގޮތެއް ނުނިންމައެވެ. އެމްއާރްއެމްއިންވެސް އަދި އެކަމަށް ސީދާ ގޮތެއް ނުނިންމައެވެ. އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ސޯލިހް އާއިއެކު ހުންނެވިކަމަށް ވިދާޅުވި ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަންތެރޭ އޮތުމާއިމެދު ޕާޓީން އަދި ރަސްމީ ނިންމުމެއް ނުނިންމަ އެވެ. 

އެކަމަކު ރައީސް ސޯލިހް ބޭނުންފުޅުވަނީ އަންނަ ރިޔާސީ އިންތިހާބުގައިވެސް ކޯލިޝަނާއިއެކު ކުރިމަތި ލުމަށެވެ. އަދި މިހާރު އޮތް ކޯލިޝަން ޕާޓީތައް އެމަނިކުފާނާއިއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ގަބޫލު ކުރައްވަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް