ads
ވެލާނާ އިންޓަރނޭޝެނަލް އެއާޕޯޓް
ދިރުވާލައިގެން ޑްރަގްސް އެތެރެކުރި ލެޓްވިއާ މީހާގެ ބަންދަށް 15 ދުވަސް
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ލެޓްވިއާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެއާޕޯޓުން އަތުލައިގެން ލެޓްވިއާގެ މި މީހާއަކީ 49 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ނަމަކީ ލައިމޮނިސް ކަލްވަންސްއެވެ. ފުލުހުން އޭނާ ހިފަހައްޓާފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަން އަދި ކަސްޓަމްސްގެ އެހީތެރިކަމާއިއެކުއެވެ.

އޭނާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ ދިރުވާލައިގެން ކަމަށްވާތީ އެތަކެތި ނެގުމުމުގެ މަސައްކަތް ކުރަމުންދާތީ އޭނާ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ އަދަދެއް އަދި ފުލުހުންގެ ފަރާތުން ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު، އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އެ މީހާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ނުކުރާ ކަމަށް ބަންދު އަމުރު ރިޕޯޓުގައި ބުނެފައިވެއެވެ.

ޕޯސްޓު މެދުވެރިކޮށްގެންނާއި، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ޒަރިއްޔާއިންވެސް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން މިހާރު ވަނީ އާންމުވެފަ އެވެ. ބައެއް މީހުން މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭއިރު، އެކަށީގެންވާ ހެކި ނެތިގެން އެމީހުން ދޫކޮށްލަން ޖެހޭ ފަހަރުވެސް އާދެ އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެނަކު މަސްތުވާތަކެތި އެތެރެކުރިމަށް ތުހުމަތު ކުރެވިގެން ބަލާފާސްކުރެވުނު އިރު އޭނާގެ އަތުން ވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ.

އެތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރި އިރު، އެތަކަތީގެ މަގުމަތީ އަގަކީ 6.5 މިލިއަން ރުފިޔާ އެވެ. މި މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކުރިއިރު އޭނާ ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް