ads
ރައީސް ސޯލިހް---
ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދީފި
އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށް އެމްޑީޕީން ނިންމައިފިއެވެ.
Advertisement

އެޕާޓީން މިގޮތަށް ނިންމީ މިރޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރީ ހާޒިރުވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ. ހަތަރު މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ. 

ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ. ގައުމީމަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 140 އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. ރައީސް ސޯލިހާއި ވާހަކުރެއްވި ރައީސް މުހައްމަދު ނަޝީދަށް ޕްރައިމަރީގައި ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

ޕްރައިމަރީން ބަލިވުމުން ރައީސް ނަޝީދުވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހައްދަވާ "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ހަރަކާތެއް އެމްޑީޕީގެ ތެރޭގައި ފައްޓަވާފައެވެ. އަދި ރައީސް ނަޝީދުގެ ފަޅިން މިހާރުވަވީ ޕްރައިމަރީ ބާތިލްކޮށް އަލުން ޕްރައިމަރީ ބާއްވާދިނުމުގެ އަމުރެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް އެމްޑީޕީން ދިންއިރު 2018 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހެދި އެއްވެސް ޕާޓީއަކުން އަދި 2023 ގެ އިންތިހާބަށް ކޯލިޝަނަކަށް ދިއުމަށް އެއްބަސްވެފައެއް ނުވެއެވެ.

ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ފެންނަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން މަސައްކަތްކުރާ ގޮތަށެވެ. ކޯލިޝަން ހެދުމާއިމެދު އަދާލަތު ޕާޓީ އަދި ވަކިގޮތެއް ނިންމާފައި ނުވާއިރު އެޕާޓީން ބުނަނީ އެކަމަށް ގޮތެއް ނިންމުން އަދި މާ އަވަސް ކަމަށެވެ.

ރައީސް މައުމޫނުގެ އެމްއާރުއެމްއިން ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މާބޮޑު ވަހަކައެއް އަދި ނުދައްކައެވެ. އަދި އެޕާޓީން އެމްޑީޕީއާއިއެކު ކޯލިޝަނަކަށް ދާނެކަމުގެ އިޝާރާތެއް މިހާތަނަށް ދީފައެއް ނުވެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް