ads
ރިތިކް
10 އަހަރު ކުރީގެ ވީޑިއޯއެއް ލީކުވެ ރިތިކް ރޯޝަން ލަދުވެތިކަމަކަށް
މީގެ 10 އަހަރު ކުރީގެ ވީޑިއޯއެއް ލީކުވެ ބޮލީވުޑްގެ ފިލްމީތަރި ރިތިކް ރޯޝަން ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މިގޮތުން ލީކް ވެފައިވަނީ 2013 ވަނަ އަހަރު "ކުރިޝް 3" ކުޅެން އުޅެނިކޮށް ރިތިކް ދެއްކި ވާހަކަތަކެއްގެ ވީޑިއޯއެވެ.

އެ ވީޑިއޯގައި ރިތިކް ބުނަނީ އޭނާގެ ސުޕަހީރޯ ފިލްމު ކްރިޝް 3 "ބެލުމަށްފަހު ހޮލީވުޑުން ވެސް ފިލާވަޅެއް ދަސްކުރަންޖެހޭނެ" ކަމަށެވެ. 

މި ވީޑިއޯ ލީކްވުމާއެކު އެތައް ބަޔަކު އަންނަނީ ރިތިކް އަށް ފާޑުކިޔައި މަލާމާތް ކުރަމުންނެވެ. ގިނަ ބަޔަކު ރިތިކް އަށް މަލާމާތް ކުރި ނަމަވެސް، ރިތިކްގެ ބައެއް ފޭނުން ބުނަނީ "ކްރިޝް 3" ނެރުނު ދުވަސްވަރު އެ ފިލްމަކީ "އެކްސް މޭން" ފަދަ މޮޅު ފިލްމެއްކަމަށް ގިނަބަޔަކު ބުނިކަމަށެވެ. 

"ކްރިޝް މޮޅުވެގެން އަމިއްލައަށް އެވާހަކަ ދެއްކީމަ އެއީ ވަަރަށް ބޮޑު ޖޯކެއް. ހޮލީވުޑުން ވެސް ފިލާވަޅު ދަސްކުރަން ޖެހޭނޭ ބުނުން އަދި މާޖޯކު. ރިތިކްއަކީ ބޮލީވުޑްގެ ބާރުގަދަ އާއިލާތަކުގެ ތެރެއިން ހަލާކުވެފަ ހުރި ކުއްޖެއް. ހަމަ ލޮލުން ހަގީގަތެއް ނުފެނޭ،" ރިތިކްގެ ވީޑިއޯއަށް ފާޑުކީ މީހަކު ބުނެފައިވެއެވެ. 


ފާޑިކިޔާ ގިނަ މީހުން ބުނަނީ ރިތިކް އަކީ ނެޕޮޓިޒަމް (އާއިލާ ބާރު) ބޭނުންކޮށްގެން މަޝްހޫރުވި މީހެއްކަމަށެވެ. 

މި ވީޑިއޯއާއި ގުޅޭގޮތުން ރިތިކް އަދި ވަކިއެއްޗެއް ނުބުނެއެވެ. 

ރިތިކް އަކީ އިންޑިއާގެ ނުފޫޒުގަދަ ފިލްމު ޕްރޮޑިއުސަރު، ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު ރާކޭޝް ރޯޝަންގެ ދަރިއެކެވެ. 

 

38%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް