ads
ސްވިމިންގ އިވެންޓެއްގެ ތެރެއިން
އޯޕަންވޯޓާރ ފެތުމުގެ މުބާރާތުގައި 200 އެއްހާ ބައިވެރިން
އަންނަ ހަފްތާ ބަންދުގައި ކުޑަގިރި ޕިކްނިކް އައިލެންޑްގައި ބާއްވާ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި 200 އެއްހާ ފެތުންތެރިން ބައިވެރިވެއްޖެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގައި ގައުމީ ފެތުމުގެ މުބާރާތް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. މިއަދު މެންދުރަށް، މުބާރާތުގައި ވާދަކުރުމަށް ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ހަތަރު ކެޓަގަރީއެއްގައި ވާދަ ކުރުމަށް 200 އެއްހާ ފެތުންތެރިން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މުބާރާތުގައި ހިމެނޭ ކެޓަގަރީތައް

1. ގައުމީ ފެންވަރުގެ ސީނިއާ ފެތުންތެރިން (5 ކިލޯމީޓަރު)

2. ގައުމީ ފެންވަރުގެ ޖޫނިއާ ފެތުންތެރިން (3 ކިލޯމީޓަރު)

3. ސްވިމިން ޗެލެންޖް ސީނިއާ (1 ކިލޯމީޓަރު)

4. ސްވިމިން ޗެލެންޖް ސީނިއާ (500 މީޓަރު)

ގައުމީ ފެންވަރުގެ ފެތުންތެރިންގެ ތެރެއިން ޖޫނިއާ ފެތުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ވެސް ހިމެނެ އެވެ. އެ ކެޓަގަރީގައި ފަތާނީ ތިން ކިލޯމީޓަށެވެ. އެ ކެޓަގަރީގައި ބައިވެރި ވެވޭނީ 2009، 2010 އަދި 2011 ގައި އުފަންވި ފެތުންތެރިނަށެވެ.

ދެން ހިމެނެނީ ސްވިމިން ޗެލެންޖްގެ ސީނިއާ އާއި ކިޑްސް ކެޓަގަރީ އެވެ. އެ ދެކެޓަގަރީގައި ވެސް ވަނައެއް ނުހޮވާނެ އެވެ. ސީނިއާ ކެޓަގަރީގައި ފާތާނީ އެއް ކިލޯމީޓަރަށެވެ. އެ ކެޓަގަރީގައި ވާދަ ކުރެވޭނީ 2012 ގެ ކުރިން އުފަންވި ފަރާތްތަކަށެވެ. ސްވިމިން ޗެލެންޖްގެ ކިޑްސް ކެޓަގަރީގައި ފަތާނީ 500 މީޓަރަށެވެ. އެ ކެޓަގަރީގައި ބައިވެރި ވެވޭނީ 2012, 2013, 2014 އަދި 2015 އުފަންވި ކުދިންނަށެވެ.

މިއީ ކުޑަގިރީގައި ފެތުމުގެ ގައުމީ މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ކުޑަގިރީގައި އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކުން ބާއްވާ ފުރަތަމަ ކުޅިވަރު މުބާރާތްވެސްމެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް