ads
މިރޭގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް 86 ބޭފުޅަކަށް ދެއްވައިފި
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް މިރޭ 86 ބޭފުޅަކަށް ދެއްވައިފި އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ސަރުކާރުން ދެމުން ގެންދާ އިނާމެކެވެ. މިއަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައިވަނީ މިރޭ ދަރުބާރު ގޭގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ "މިރޭގެ މި ޖަލްސާ ހާއްސަ ކުރެވިފައިވަނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމަށް" ކަމަށެވެ.

ރައީސް ވިދާޅުވީ 2021 ވަނަ އަހަރު ދޭންފެށި މި އިނާމް އެކި ސަބަބުތަކާއި ގުޅިގެން މިދިޔަ އަހަރު ދެވޭގޮތް ނުވިކަމަށާއި މިއަހަރަށް ފަސްކުރަން ޖެހުނު ކަމަށެވެ.

ރައީސް ވިދާޅުވީ 2021 ވަނަ އަހަރު މި އިނާމް 223 ބޭފުޅަކަށް ދެވުނުއިރު މިރޭގެ ޖަލްސާގައި 86 ބޭފުޅަކަށް އިނާމް ލިބިގެންދާނެ ކަމަށެވެ. 

"އެބޭފުޅުން ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް އެކޮށްދެއްވީ ވަރަށް އިހްލާސްތެރި ހިދުމަތެއް، ކޮންމެ މަގާމެއްގައި ހުންނެވި ނަމަވެސް މަގާމުގެ ވާޖިބުތައް އަދާކުރެއްވުމުގައި، ފަސްޖެހުމެއްނެތި ވަފާތެރިކަމާއިއެކު ކޮށްދެއްވި ހިދުމަތްތަކަކަށްވާތީ، ގައުމީ ހިދުމަތުގެ ތަރާދުގައި އެއީ ވަރަށް ބުރަދަން ހުރި ހިދުމަތްތަކެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރިދަންނަވާ ތަހުނިޔާ ދަންނަވާ ކަމަށެވެ. 

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި ގައުމީ ފެންވަރުގެ ޝަރަފުވެރި އިނާމެއް ދިނުމަށް ނިންމީ، ގިނަ ސަބަބުތަކަކަށްޓަކައި ކަމަށާއި އެބޭފުޅުން ކޮށްދެއްވި ހިދުމަތްތަކަކީ އޭގެ އަގުވަޒަން ނުކޮށް ދޫކޮށްލެވިގެންވާނެ ހިދުމަތްތަކެއް ނޫން ކަމަށްވެސް ރައީސް މިރޭ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް