ads
ބިންހެލުމުގައި ހަލާކުވެފައިވާ ބައެއް ގެތައް
ބިންހެލުމުގެ އެއް ދުވަސް ކުރިން، މަރުވާން އުޅޭކަމަށް ބުނި އަންހެނެއް!
ބިންހެލުން އައުމުގެ އެއް ދުވަސް ކުރިން ސީރިއާގެ އަންހެނަކު އޭނާ "މަދަމާ މަރުވާނެ" ކަމަށް ބުނިކަމަށް އޭނާގެ ފިރިމީހާ ބުނެފިއެވެ.

ސީރިއާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަބްދުލް ހާދީ، އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ ބިންހެލުން އައުމުގެ އެއް ދުވަސް ކުރިން އެނާގެ އަންހެނުން "މާދަމާ މަރުވެއްޖެ ނަމަ" ދަރިންނަށް ކާތަކެތި ތައްޔާރުކޮށް ހަދާނީ ކާކުތޯ؟ ސުވާލުކުރިކަމަށެވެ. 

"ކާއެއްޗެހި އޭރުން ތައްޔާރުކުރަނީ އަހަރެންނޭ ބުނިން. އެކަމަކު އޭރު އެވާހަކަތައް ސީރިއަސްކޮށް ނުނަގަން. މާދަމާ އަންހެނުން މަރުވާނެކަމަށް ބުނުމުން ވެސް،" އަބްދުލް ހާދީ ރޮމުން އޭނާގެ އަންހެނުންގެ ވާހަކަތައް ކިޔައިދިނެވެ.

އަބްދުލް ހާދީ އާއި އޭނާގެ ފަސް ދަރިން ވަނީ ނުރައްކާތެރި ބިންހެލުމުން ސަލާމަތްވެފައެވެ. ނަމަވެސް އެނާގެ އަންހެނުންނާއެކު އެންމެ ހަގު ދެ އަންހެން ކުދިން ވަނީ މަރުވެފައެވެ. . 

"ބޭނުންވަނީ މި ސަރަހައްދުވެސް ދޫކޮށް ވީހާވެސް ދުރައް ދާން. މިކަން ވީކަން ވެސް ހަނދާން ބަހައްޓާކަށް ބޭނުމެއް ނޫން،" ހާދީ އޭނާގެ އުންމީދުތައް ކިޔާދެމުން ބުންޏެވެ.

your image މުހައްމަދު އަބްދުލް ހާދީ އޭނާގެ ދަރިއަކާއެކު

ސީރިއާއި ތުރުކީއަށް މި ހިނގާ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އައި ބެންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 41،000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މިއަދަދު އަދިވެސް އިތުރުވާނެކަމަށް މީހުން ސަލާމަތްކުރާ މީހުން ބުނެއެވެ. ސަބަބަކީ އަދިވެސް އެތައް ބަޔަކު ފުނޑުފުންޑުވެފައިވާ އިމާރާތްތަކުގެ ދަށުގައި ވާތީއެވެ. ނަމަވެސް އިމާރާތްތަކުގެ ދަށުން ދިިރިހުއްޓާ މީހަކު ސަލާމަތްކުރެވިދާނެކަމުގެ އުންމީދު މިހާރު ވަރަށް ކުޑަކަމަށް މީހުން ސަލާމަތްކުރާ މީހުން ބުނެއެވެ. 

މި ބިންހެލުމަކީ ފާއިތުވީ 100 އަހަރު ދުވަހުގެ ތެރޭގައި ތުރުކީ އަދި ސީރިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.  

38%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް