ads
ޖޭޖެ
ރާއްޖެއާއި ދެކޮޅަށް އެތައް ފަހަރަ ކުޅެފައިވާ އިންޑިޔާގެ ޖޭޖޭ ކުޅުން ހުއްޓާލައިފި
ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް، އަދި ދިވެހި ކްލަބުތަކާ ދެކޮޅަށް އެތައް ފަހަރަކު ކުޅެފައިވާ އިންޑީޔާގެ މަޝްހޫރު ފޯވަޑު ޖޭޖޭ ކުޅުން ހުއްޓާލައިފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ އެކި މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް، އަދި އޭއެފްސީ ކަޕުގައި ދިވެހި ކްލަބުތަކާ ދެކޮޅަށް އެތައް ފަހަރަކު ކުޅެފައިވާ އިންޑީޔާގެ މަޝްހޫރު ފޯވަޑު ޖޭޖޭ ކުޅުން ހުއްޓާލިއިރު އުމުން އެންމެ 32 އަހަރެވެ. 

ޖޭޖޭ ކުޅުން ހުއްޓާލިލަން އިއުލާން ކުރިއިރު، އަނިޔާގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވެއެވެ. 2019 ވަނަ އަހަރުގެ ފަހުން ގައުމީ ޓީމުންވެސް އަނިޔާގެ ސަބަބުން ޖޭޖޭއަށް ފުރުސަތު ނުލިބެއެވެ. 

ޖޭޖޭވަނީ 2011 ވަނަ އަހަރު އަދި 2015 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މި ދެ ފަހަރުވެސް އޭނާ ރާއްޖެއާ ދެކޮޅަށް ކުޅުނެވެ. އަދި 2015 ވަނަ އަހަރު އޭނާވަނީ ސާފުގައި ރާއްޖެ ކޮޅަށް ދެ ލަނޑު ޖަހާފައެވެ. 2016 ވަނަ އަހަރުގެ އިންޑީޔާގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީއޭނާއެވެ. 

އޭއެފްސީ ކަޕުގައި އިންޑީޔާގެ މޯހަން ބަގާން އަތުން ފަސް ލަނޑު ދެ ލަނޑުން މާޒިޔާ މޮޅުވިއިރު ޖޭޖޭ ކުޅުނީ މޯހަން ބަގާންއަށެވެ. މޯހަން ބަގާންގެ އިތުރުން އިންޑިޔާގެ ހަ ކްލަބެއްގައި އެންމެ މަތީ ފެންވަރުގައި ޖޭޖޭ ކުޅެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް