ads
ސޯބިރާއަށް ރޭ ރައީސް އިނާމް ދެއްވަނީ: ފޮޓޯ ރައީސް އޮފީސް
ދައުލަތަށް ހިދުމަތް ކުރެއްވުމުގައި ބައި ގަރުނު
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމް ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ދައުލަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅަކަށާއި ބައި ގަރުނާއި ގާތަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް އިމާން ލިބިވަޑައިގެންފިއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ދައުލަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިގެން އިނާމް ލިބިވަޑައިގެންނެވީ، ކ މާލެ، މއ، ބޮޑުގަލުމާފަތްގެ، ސޯބިރާ ވަހީދަށެވެ. އަދި ބައިގަރުނާއި ގާތަށް ހިދުމަތް ކުރައްވައިގެން އިނާމް ލިބިވަޑައިގެންނެވީ ކ މާލެ، ހ. އިރުވައި، އިސްމާއީލް ރަޝީދަށެވެ.

މީގެތެރެއިން ސޯބިރާވަނީ ދައުލަތަށް 50 އަހަރާއި 8 މަސް ދުވަހު ހިދުމަތް ކުރައްވާފައެވެ. ސޯބިރާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 25 ނޮވެމްބަރު 1967 ގައި މާލިއްޔާގެ ކަސްޓަމްސްގައެވެ. ސޯބިރާގެ ހިދުމަތުގެ ދިގު ތާރީގުގައި ސަރުކާރުގެ ތަފާތު އިދާރާތަކުގައި މަސައްކަތް ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން އެންމެ ގިނަ ދުވަހު ސޯބިރާ ހިދުމަތްކުރެއްވި ފެނާބެހޭ އިދާރާގައި 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި ސޯބިރާއަކީ ހިދުމަތުގެ ބޮޑު ބައިގައި ފައިސާގެ ކަންކަން ބެލެހެއްޓެވި ބޭފުޅެއްކަމަށާއި ނަމަވެސް ދުވަހަކުވެސް ފައިސާގެ މައްސަލައެއް ދިމާވެފައި ނުވާކަމަށް ރައީސް އޮފީހުން ބުނެއެވެ. ސޯބިރާގެ ހިދުމަތް ގުޅިފައިވަނީ ނަޒާހަތްތެރިކަމާއި ތެދުވެރިކަމުގެ މައްޗަށްކަން ސަރުކާރުން ފާހަގަ ކުރެއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސޯބިރާގެ ހިދުމަތަކީ ހާއްސަކޮށް އަންހެން ބޭފުޅުންނަށް ނަމޫނާއެއްކަމަށް ވިދާޅުވެފައެވެ.

"މިހާ ދިގު މުއްދަތެއްގައި އަންހެން ބޭފުޅަކު ދައުލަތުގެ ހިދުމަތުގައި ދެމިހުންނެވިކަން އެއީ، އަޅުގަނޑު ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރާ ކަމެއް. އަދި އެއީ މިއަދު ހިދުމަތުގައި ދެމިތިއްބެވި އަންހެން ބޭފުޅުންނަށް އޭނާ ދެއްކެވި ވަރަށް ރީތި މިސާލެއް" ރައީސް ވިދާޅުވިއެވެ.

ދެވަނަ އަށް އެންމެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ރޭ ލިބިވަޑައިގެނެވި އިސްމާއީލް ރަޝީދު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 13 ޖުލައި 1957 ގައެވެ. އިސްމާއީލް ރަޝީދު 1 މެއި 2008 ގައި ދައުލަތުގެ ހިދުމަތުން ރިޓަޔާ ކުރެއްވިއިރު 49 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރައްވާފައި ވެއެވެ.

your imageއިސްލާއީލް ރަޝީދަށް ރައީސް ރޭ އިނާމް ދެއްވަނީ: ފޮޓޯ ރައީސް އޮފީސް

އިސްމާއީލް ރަޝީދު އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އަތޮޅުތަކާބެހޭ ވުޒާރާގައެވެ. އިސްމާއީލް ރަޝީދުވަނީ 6 އަތޮޅެއްގެ އަތޮޅުވެރިކަން ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސް ސޯލިހްވަނީ އިސްމާއީލް ރަޝީދުގެ ދައުލަތަށް ކޮށްދެއްވި ހިދުމަތް ފާހަގަ ކުރައްވާ، ހާއްސަކޮށް އަތޮޅުތެރޭގެ ތަރައްގީއަށް ކުރެއްވި ހިދުމަތް ފާހަގަ ކުރައްވާފައެވެ.

"އިސްމާއީލް ރަޝީދަކީ، 6 އަތޮޅެއްގެ އަތޮޅުވެރިކަން ކުރެއްވި، އަދި ހިންގުމުގެ ދާއިރާގައި ތަޖުރިބާކާރު ބޭފުޅެއް. އޭނާއަކީވެސް ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު، ގައުމަށް ހިދުމަތް ކުރެއްވި ހަރުދަނާ ޝަހްސިއްޔަތެއް. ކުރެއްވި ކޮންމެ ކަމެއްވެސް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރެއްވި ބޭފުޅެއް" ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުނަން އިނާމް ދެއްވަން ފެއްޓެވި 2021 ވަނަ އަހަރު މި އިނާމް 223 ބޭފުޅަކަށް ދެވުނުއިރު ރޭގެ ޖަލްސާގައި 86 ބޭފުޅަކަށް އިނާމް ދެއްވިއެވެ. 2022 ވަނަ އަހަރު މި ޖަލްސާ ބޭއްވިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް