ads
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ސީނިއާ ޕްރޮޓަކޯލް އޮފިސަރު، މިސްޓަރު ލޭލްވަލަ ވިދާނަގެ ތިލަކަރަތުނަ އަށް ރައީސް ސޯލިހް އިނާމް ހަވާލުކޮށްދެއްވަނީ----
ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ ގައުމީ އިނާމު ފުރަތަމަ ފަހަރަށް ބިދޭސީއަކަށް!
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އިނާމު ފުރުތަމަ ފަހަރަށް ބިދޭސީއަކަށް އަރުވައިފި އެވެ.

މި އިނާމު ދެއްވާފައިވަނީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގައި ސީނިއާ ޕްރޮޓަކޯލް އޮފިސަރުގެ މަގާމުގައި މިހާރު ހުންނެވި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މިސްޓަރު ލޭލްވަލަ ވިދާނަގެ ތިލަކަރަތުނަ އަށެވެ. 

ތިލަކަރަތުނަ ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މަސައްކަތްކުރައްވަމުން ގެންދަވާތާ ވަނީ 37 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައެވެ. އެބޭފުޅާ ފުރަތަމަ އަދާކުރެއްވީ ހައިކޮމިޝަނުގައި ވެލްފެއަ އެސިސްޓެންޓެއްގެ ވަޒީފާ އެވެ. އެއަށްފަހު ވެލްފެއަ އޮފިސަރު ކަމާއި، ޕްރޮޓަކޯލް އެސިސްޓެންޓުގެ މަގާމުވެސް ފުރުއްވި އެވެ. 

your imageސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ސީނިއާ ޕްރޮޓަކޯލް އޮފިސަރު، މިސްޓަރު ލޭލްވަލަ ވިދާނަގެ ތިލަކަރަތުނަ އަށް ރައީސް ސޯލިހް އިނާމް ހަވާލުކޮށްދެއްވަނީ----

މިހާރު ސީނިއާ ޕްރޮޓަކޯލް އޮފިސަރުގެ މަގާމުގައި ހުންނެވި ތިލަކަރަތުނަ އަކީ ސަރުކާރުން އޭރު ބޭސްފަރުވާ ސްރީލަންކާއަށް ފޮނުވާ ދިވެހިންގެ ކަންކަން ބެލެހެއްޓެވި ބޭފުޅާއެވެ. އަދި ރަސްމީ ދަތުރުތަކުގައި ލަންކާއަށް ވަޑައިގަންނަވާ ދައުލަތުގެ ގިނަ އަަދަދެއްގެ ބޭފުޅުންގެ ޕްރޮޓަކޯލް ކަންތައްތައްވެސް ބެލެހެއްޓަވަނީ ތިލަކަރަތުނަ އެވެ. 

ތިލަކަރަތުނަ އަށް 2010 ވަނަ އަހަރު ވަނީ ލޯންގް ސާވިސް އެވޯޑް ވެސް ފޮރިން މިނިސްޓްރީން އަރުވާފަ އެވެ. ދިވެހި ބަހުން ލިޔަންކިޔަން ދެނެވަޑައިގަންނަވާ ތިލަކަރަތުނަ އަކީ ދިވެހި ބަހުން ވަރަށް ފަރިތަކޮށް ވާހަކަދައްކަންވެސް އެގިވަޑައިގަންނަވާ ބޭފުޅެކެވެ. 

your image ތިލަކަރަތުނަ އާއިއެކު ރައީސް ސޯލިހް، އަދި އަނބިކަނބަލުން ފަޒްނާ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި ތިލަކަރަތުނަ، ހިމެނޭހެން 86 ބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ޝަރަފުގެ ބެޖާއި އައްޑަނަ ރޭ ދެއްވާފަ އެވެ. 

މި އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައިގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

ތިލަކަރަތުނައަކީ މި އިނާމު އެރުވި ބޭރު ގައުމުގެ ފުރަތަމަ ބޭފުޅާއެވެ. މީގެ ކުރީން މި އިނާމު ބޭރު ބޭފުޅަކަށް އަރުވާފައެއް ނުވެ އެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް