ads
ޗީފް ޖުޑީޝަލް އެޑްމިނިސްޓަރ އާއިޝަތު ރިޒްނާ
ޝަރީއަތް ހިނގަނިކޮށް ގަވާއިދުގެ މާއްދާ ބާތިލުކޮށްފި
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައިގެ ކުރިއެރުން ނުދީގެން، އެ މައްސަލަ ޝަރީއަތަށް ހުށަހަޅައި، މައްސަލަ ކުރިއަށް ދަނިކޮށް މުސާރައިގެ ކުރިއެރުން ދިނުމާބެހޭ މާއްދާ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުން ބާތިލުކޮށްފިއެވެ.
Advertisement

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުން ލާޒިމުކޮށްފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައިވަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އުސޫލުން ކަމަށެވެ. 

މި އުސޫލުގެ ދަށުން ދޭންޖެހޭ މުސާރައިގެ ކުރިއެރުން ނުދީގެން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި މައްސަލަ ކުރިއަށްދަނިކޮށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާވަނީ މިދިޔަ ބުދަ ދުވަހު ނެރުނު ކުރު ސާކިއުލާއަކުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 41 ވަނަ މާއްދާ ބާތިލުކޮށްފައެވެ. 

ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާ ބެހޭ މާއްދާ، މުވައްޒަފުންގެ ގަވައިދުން ބާތިލުކުރިއިރު، ޖުޑީޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ދެއްކެވި ވާހަކަފުޅުގައި ޝަރުއީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއްވަނީ ދެއްވާފައެވެ. 

މެޖިސްޓްރޭޓުންގެ މުސާރަ މިދިޔަ އަހަރު އަޅުގަނޑުމެން ވާނީ ބޮޑުކޮށްފައި. މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ދެންނެވި ފަދައިން، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު، ޝަރުޢީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 70 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ މުވައްޒަފުންނަށް 200ރ. ގެ މުސާރައިގެ ކުރިއެރުމެއް ދޭންޖެހޭ ކަމަށް ބުނާ މާއްދާ ޗީފް ޖުޑީޝަލް އެޑްމިނިސްޓޭޓަރުގެ ސާކިއުލާއަކުން ބާތިލު ކުރިއިރު، މުވައްޒަފުންނަށް އެ ފައިސާ ނުދޭތާ ހަތަރު އަހަރު ވަނީ ވެފަ އެވެ. 

މުސާރައިގެ ކުރިއެރުން ނުދީގެން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭއެވެ. އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓުގެ ލީގަލް މުވައްޒަފުންތަކެކެވެ.  

17%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް