ads
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް ސޯލިހް
އެމްޑީޕީގެ ރިޔާސީ ޓިކެޓާއިއެކު ކުރިއަށް ވަޑައިގަންނަވާނީ މުޅިރާއްޖޭގެ އެއްވެސް ރައްޔިތަކާއިމެދު ތަފާތުކުރުމެއް ނެތިކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއެޖެއެވެ.

މިދިޔަމަހު 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހެން ވިދާޅުވީ، ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ސޯލިހަށް ޓިކެޓް ހަވާލުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ.

your imageއެމްޑީޕީގެ ރިޔާސީ ޓިކެޓް މިރޭ ރައީސްއަށް އަރުވަނީ: ފޮޓޯ އެމްޑީޕީ

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ދިން އިތުބާރާއި ޔަގީންކަމާއިއެކު ރިޔާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށައި އެކަމަށްޓަކައި ދެން އަޅަން އޮތީ އެންމެ ފިޔަވަޅެއް ކަމަށެވެ. އެއީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރުންކަމަށާއި އެކަމަށް މިރޭ މުޅި އެމްޑީޕީއަށް ދައުވަތު އަރުވާކަމަށް ރައީސް ވިދާޅުވިއެވެ.

"އިންތިހާބު ކާބިޔާބު ކުރުމަށް ދެން އަޅަން އޮތީ އެންމެ ފިޔަވަޅެއް، އެއީ މުޅިޕާޓީ އެކަތިގަނޑަކަށް ވެ އެކުގައި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން، އެކަމަށްޓަކައި މިރޭ އަޅުގަނޑު މުޅި އެމްޑީޕީއަށް ދައުވަތު އަރުވަން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ ވިޝަނަރީ ޕާޓީއެއްކަމަށާއި އެވިސްނުމާއިއެކު ނިކުމެ އެމްޑީޕީން ވަރަށް ގިނަ ކަންކަން މިހާރުވެސް ކާމިޔާބުކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީއަކީ އަޑުއެހުމުގެ ގާބިލްކަންހުރި ޕާޓީއެއް ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް އެމްޑީޕީން ނިކުންނާއީ ރައްޔިތުންގެ އަޑުއެހުމާއިއެކުކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ނިކުންނާނީ ތިޔަ ބޭފުޅުން ދެއްވާ މަޝްވަރާއާއި ހިޔާލާއިއެކު މެނިފެސްޓޯ ހިފައިގެން، އިރާދަކުރެއްވިއްޔާ އެމްޑީޕީ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ މަޝްރޫއުތައް އެގޮތުގައި ނިންމުމަށް އެމްޑީޕީ ވެރިކަމުގައި އޮތުން ކޮންމެހެން މުހިއްމު ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ޓަކައި އެމްޑީޕީގެ މެމްބަރުންނަށް މި އިންތިހާބު ކާމިޔާބު ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

your imageމިރޭ ބޭއްވި ރިޔާސީ ޓިކެޓް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަދި ކުރިއަށް ވަޑައިގަންނަވާނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި މުޅިރާއްޖޭގެ ރައްޔިތުންނަށް ހެވާއިލާބައާއި ތަރައްގީ ގެނެސްދިނުމަށްކަމަށްވެސް ރައީސް މިރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް މިރޭ ރަސްމީކޮށް ރައީސް ސޯލިހަށް އެރުވިއިރު، ޕްރައިމަރީގެ ވޯޓް ބާތިލްކޮށް އަލުން ޕްރައިމަރީ ބޭއްވުމުގެ އަމުރަކަށް އެދި ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ ފަޅިން މިހާރުވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް