
މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. އެހެންނަމަވެސް އުމުރުން 33 އަހަރުގެ މި އަންހެން މީހާ މަސްތުތާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި 15 ދުވަހަށް ބަންދުކޮށްފައެވެ.
މިއީ މެދު ރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން މީހާ ދިރިއުޅޭ ކޮޓަރިންވަނީ މަސްތުވާތަކެތި ފެނިފައެވެ.
މިއީ ޕައިލެޓެއްކަން އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކުރެވުނަށް މިއީ ކޮންތަނެއްގައި މަސައްކަތް ކުރާ ޕައިލެޓެއް ކަމަށް އަދި ސާފުވެފައެއް ނުވެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެން ޕައިލެޓަކު ހައްޔަރު ކުރިއިރު، ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ބިދޭސީއަކު މިދިޔަ ހަފްތާގައިވަނީ ހައްޔަރުކޮށްފައެވެ. އެ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބްލެޓު ފެނިފައިވެއެވެ. އެއީ 1353 ގްރާމުގެ މަސްތުވާތަކެއްޗެވެ.