ads
އައިއޭއެސްގެ އަހަރީ ސްޓާފް ނައިޓްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވާހަކަދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
މާޗް މަހުން ފެށިގެން އައިއޭއެސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ
ކުރިއަށް އޮތް މާޗް މަހުން ފެށިގެން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އައިއޭއެސްގެ ފަރާތުން މިކަން ހާމަކުރައްވާފައިވަނީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ.

މިހާދު ވިދާޅުވި ގޮތުގައި އަންނަ މާޗް މަހުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި ކޮވިޑާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ކަނޑާލި ބައެއް އިނާޔަތްތައް ވެސް ދޭން ފަށާނެ ކަމުގައެވެ.

އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކަނޑާލާފައި އޮތް ޓިކެޓް އިނާޔަތްތައް އަލުން ދިނުމަށް ނިންމާފައި ކަމަށާއި އައިއޭއެސްގެ ޓިކެޓް ފިއުލް ޗާޖްގެ ގޮތުގައި ދައްކާ ފައިސާގެ އިންސައްތަ އެ ކުންފުނީގެ މުވައްޒަފުންގެ އަތުން ނުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން މިހާދު ވިދާޅުވީ އައިއޭއެސްގެ ފަރާތުން ގެނައުމަށް ނިންމާފައިވާ މި ބަދަލުތަކާ އެކު މުވައްޒަފުން ޕެންޝަނަށް ރައްކާ ކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށެެވެ. މި ބަދަލުތައް ގެންނަމުންދަނީ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދައިދީ އެ ކުންފުންޏަކީ ގާބިލް މުވައްޒަފުން މަސައްކަތް ކުރާ ތަނަކަށް ހެދުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

your imageއައިއޭއެސްއަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ނައިބު ރައީސް އެވޯޑް ހަވާލުކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް

އައިއޭއެސްގެ އަހަރީ ސްޓާފް ނައިޓްގައި އެ ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި މުވައްޒަފުންގެ ކުރިއެރުމާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް ވަނީ ހާމަކޮށްފައެވެ. އެ ހަފްލާގައި އެ ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް އެވޯޑު ދީފައިވެއެވެ.

ރާއްޖޭގައި ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު އެއާލައިން ކަމަށްވާ މޯލްޑިވިއަން ހިންގަމުން ދަނީ އައިލެންޑް އެވިއޭޝަނުންނެވެ. އޭގެ އިތުރުން އެ ކުންފުނިން ދަނީ ރާއްޖޭގެ ބައެއް އެއާޕޯޓުތައް ވެސް ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް