
އެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހުލޫފު އެވެ. އާކްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފައުންޑާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.
އެއެއްބަސްވުމުގެ ދަށުން ޔޫތު މިނިސްޓްރީ އާއި އާކް އާ ގުޅިގެން އެއް އަހަރުގެ މުއްދަތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއި ދުޅަހެޔޮ ސިއްހަތާއި އިޖުތިމާއީ އަސާސްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ކުޑަކުދިން އަދި ހާއްސަކޮށް އަންހެން ކުދިން ބާރުވެރިކުރުން އަދި ކުޑަކުދިންނަށް ލިބޭ ޖިންސީ ގޯނާ ހުއްޓުވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރަން ވަނީ ރާވާފައެވެ.
ޔޫތު މިނިސްޓްރީން އިތުރަށް ބުނީ އާކް ގުޅިގެން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ފެށި މި މަސައްކަތް އެކި އަތޮޅުގައި ކުރިއަށްގެންދާނެ ކަމަށެވެ.