
ޖޭއެސްސީން ބުނީ އާމިރު ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް ކުޑަހުވަދޫ ކައުންސިލަށް ހުށަހެޅި އިރު ދޮގު މައުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ، ކޮށްގެންވާނެ އަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ އާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް ތަހުގީގަށް ފެންނާތީ، އާމިރުގެ މި އަމަލަކީ، ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.
އެހެންކަމުން އާމިރު ސަސްޕެންޑް ކޮށްފައިވަނީވެސް މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ކަމަށް ޖޭއެސްސީން ބުނެއެވެ. އާމިރު ސަސްޕެންޑް ކޮށްފައިވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ.
އާމިރު ސަސްޕެންޑް ކުރަން ނިންމިއިރު މިމައްސަލަ ޖޭއެސްސީން ބަލަން ފަށާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.