މަޓީން ކުރުނބާ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދުގެ އިތުރުން ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި މޯލްޑިވްސް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮފަރޭޓާސް (މަޓާޓޯ) އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ޖަލްސާގައި މަޓީގެ 96 މެންބަރުން ބައިވެރިވެފައިވެއެވެ.
މަޓީގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ޗާޓަރަށް ގެނެވުނު ބަދަލަކާ އެކު، ހިންގާ ކޮމެޓީގެ މެންބަރުންގެ ދައުރު އެއް އަހަރުން ތިން އަހަރަށް އިތުރުކޮށް، އާ ދައުރަކަށް ކޮމިޓީއަށް މެންބަރުން ހޮވާފައިވެއެވެ. މަޓީގެ އާ ހިންގާ ކޮމެޓީއަށް ހޮވާފައިވަނީ މިދިޔަ ދައުރުގައިވެސް އެ ކޮމިޓީގައި ތިއްބެވި މެންބަރުންނެވެ.
މަޓީގެ އާ ހިންގާ ކޮމެޓީއަށް ހޮވާފައިވާ މެންބަރުން:
އެގްޒެކެޓިވް ބޯޑު މެންބަރުން:
މަޓީގެ 33 ވަނަ އަހަރީ އާންމު ޖަލްސާ - ފޮޓޯ:މަޓީ
މަޓީގެ އަހަރީ އާންމު ޖަލްސާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ދެ ފޮތެއް އިފްތިތާހުކޮށްފައިވެއެވެ.