ads
މާފުށީ ޖަލު---
ވެލެންޓައިންސްޑޭގައި ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުން ޖަލަށް
ކުޑަކަމުދާ ތަކެތި ދޭން އިންކާރު ކުރި ދިވެހި ފިރިހެނަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

ދެކުނުގެ ރަށަކަށް ނިސްބަތްވާ ދިވެހި މި ފިރިހެން މީހާ ޖަލަށްލާން ހުކުމްކޮށްފައިވަނީ ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން މިއަދުއެވެ. ހުކުމްކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.

މިއީ 2020 ވަނަ އަހަރުގެ ވެލަންޓައިންސް ޑޭގައި ހުވަދު އަތޮޅުގެ ރަށެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅޭ ކަމަށް މީހެއްގެ މައްޗަށް ތުހުމަތު ކުރެވިގެން އެ މީހާ ފުލުސް އޮފީހަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދުމުން އެކަމަށް އިންކާރު ކުރި މީހެއްގެ މައްސަލައެވެ.

މި މައްސަލައިގައި އެ މީހާ ފުލުސް އޮފީހަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތި ދޭން އެންގުމުން އޭނާވަނީ އޭނާއަކީ ކުޑަކަމުދާ ނިޒާމުގައި މައްސަލަ ހުންނަ މީހެއްކަމަށް ފުލުހުން ކައިރީ ބުނެފައެވެ.

އަދި އެކަން ފުލުހުންނަށް އެނގޭނެ ކަމަށްވެސް ޝަރީއަތުގައި އެ މީހާ ބުންޏެވެ. އެ މީހާވަނީ އެކަން ދަލާލާތު ކޮށްދިނުމަށް ޑޮކްޓަރުގެ ލިޔުންވެސް ޝަރީއަތަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ލިޔުން ޝަރީއަތަށް ބަލައި ނުގަނެއެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް