ads
ބީވީމާގެ ތަރިން ފޮޓޯއަކަށް ހުއްޓިގެން: ބީވީމާއަށް ބޮޑު ތަރުހީބެއް ލިބުނު
"ބީވީމާ" ގެ ވަދާއީ ޝޯތަކުގެ ޓިކެޓް ފަތުއަޑުކިޔާފައި ވިކެނީ!
ރާއްޖޭގެ ފިލްމީ ދާއިރާއަށް ތަފާތު ރަހަތަކުގެ ހިތްގައިމު އެތައް ފިލްމުތަކެއް ގެނެސްދިން ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފަހުގެ ފިލްމު "ބީވީމާ" ގެ ވަދާއީ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށައިފިއެވެ.
Advertisement

މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމު އޮލިމްޕަސް ސްކްރީނަށް އައީ މި މަހުގެ ހަވަނަ ދުވަހުއެވެ. ކާމިޔާބު ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށް ފަހު މިހާރު ފިލްމުގެ ވަދާއީ ޝޯތައް ދެއްކުމަށް ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ދޭއް، ތިނެއް އަދި ހަތަރު ވަނަ ދުވަހަށެވެ. 

މޮޅު އެކްޓަރު ކޮޕީ އިއްސެ އާއި އަލަށް ތައާރަފްވި ތަރި އާދަމް ޒިދާން (ނާނަ) ގެ އިތުރުން އައިމިނަތު ރަޝްފާ  (އާޝާ) ގެ ތަފާތު އެކްޓިން އެއް ފެންނަ އެ ފިލްމުގެ ފަހު ތިން ޝޯގެ ޓިކެޓް އުޅެނީ 100 އަށެވެ.

ކުޅަދާނަ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ ފުރަތަމަ އަލަތު ޑައިރެކްޝަން “ބީވީމާ” ބެލުމަށްފަހު ގިނަ ބަޔަކު ވަނީ ފިލްމުގެ ރީތިި ވާހަކަ އާއި އަދި ފިލްމުގައި މައިގަނޑު ފެނުނު ތަރިންގެ އެކްޓިންގެ މޮޅު ވާހަކަ ދައްކާފައެވެ.

މީގެ އިތުރުން ހާއްސަ ގޮތެއްގައި އަޝްފާގެ އެކްޓިން ގިނަ ބަޔަކަށް ކަމުދިޔަކަށް ފާހަގަކޮށްލެވެއެވެ. އޭނާގެ ފޭޝަލް އެކްސްޕްރެޝަންގެ މޮޅު ވާހަކަ ވަރަށް ގިނަ ބަޔަކި ދެއްކި އިރު ގިނަ ބަޔަކު އަންނަނީ ދެން އިތުރު ފިލްމު ތަކުން އަޝްފާ ފެނިދާތޯ ސުވާލު ކުރަމުންނެވެ. 

ފިލްމުގެ ސްކްރީން ޕްލޭ އަތުރާލާފައިވާލެއް ފުރިހަމަ ކަމުންނާއީ ވާހަކައިގެ ފުރިހަމަކަމުން ސްކްލޫ ދުވަސްވަރުގެ ހަދާންތައް އާވި ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެ ފިލްމަކީ ތަމަޅަ ފިލްމު “96” އިން އިންސްޕަޔާވެގެން އުފައްދާފައިވާ ދިވެހި ރީމޭކެއް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ކޮވިޑް 19 ގެ ސަބަބުން އޮލިމްޕަސް ބަނދުކުރުމަށްފަހު ޒަމާނީ ފެންވަރަށް މަރާމާތުކޮށް އަލުން ހުޅުވިފަހުން ދިވެހި ސިނަމާއިން ފުރަތަމަ ބަލާލަން ލިބުނީ  “ބީވީމާ” އެވެ. 

ޑާކްރެއިން އެންޓަޓެއިންމަންޓުގެ “ބީވީމާ” އަށް ފަހު ވެސް ގިނަ ފިލްމު ތަކެއް ސްކްރީނަށް ގެނައުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ބައެއް  ފިލްމުތަކާއި ސީރީޒް ތަކުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް