
ބައްސާމްއަކީ އޭއެފްސީގެ އެކްސްކޯގެ މެންބަރެކެވެ. މި މަހު އެއް ވަނަ ދުވަހު، އޭއެފްސީގެ ކުރިއަށް އޮތް ދައުރަށް އެގްޒެކްޓިވް ކޮމިޓީ އަށް ބައްސާމް އިންތިހާބުވެފައިވާއިރު، އެ ޒިންމާއާ އެކުގައި މިހާރު އޭޝިއާ ފުޓްބޯޅައިގެ މެމްބަރު ހުރިހާ އެސޯސިއޭޝަންތަކެއްގެ ކަންތައްތައް ބެލުމަށް ކޮމިޓީގެ ކަންކަން ބެލެހެއްޓުމުގައި ބައްސާމް ހަރަކާތްތެރިވާނެ އެވެ.
އޭއެފްސީގެ އެކްސްކޯގެ މަގާމަށް ބައްސާމް އިންތިހާބުވީއިރު، ދިވެހި ފުޓްބޯޅަ އޮތީ މީން ޒަމާނަކު ނުވެއްޓޭހާ ދަށަށް ވެއްޓިފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވެފައިވާއިރު، އެ އިދާރާގެ ކަރަންޓް ބިލް ނުދައްކައިގެން ކަރަންޓް މި ފަހުން ކަނޑާލިއެވެ.
ބިދޭސީ ކޯޗުންނަށް މުސާރަ ނުދީގެން ފީފާގެ އެންގުންތައް އައެވެ. އަދި ރާއްޖޭގައި ކުޅޭ ބިދޭސީ ކުޅުންތެރިއަކު މުސާރަ ނުދީގެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ރަސްމީ ބޯޅަ ދަނޑުގައިވެސް މި ފަހުން ހެދިއެވެ.
އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވުމަކީ އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލްވަނީ ވިދާޅުވެފައެވެ.
އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވުމަކީ އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕް މެދުވެރިކޮށް ނޫސްވެރިންނާ މިއަދު ހިއްސާކުރެއްވި އޯޑިއޯ އިންޓަވިޔުއެއްގައެވެ.