ads
ހުސެއިން ހަލީމް، ސާއިދުއާއެކު
ތަމްރީން ޕްރޮގްރާމަކަށް ކޯޗު ހުސެއިން ހަލީމް އެމެރިކާއަށް
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ފަރާތުން ފަހިކޮށްދޭ އިސްލާމިކް ސޮލިޑާރިޓީ ސްކޮލާޝިޕްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ޕްރޮގްރާމް (އައިސީއީސީޕީ) ސްކޮލާޝިޕް، ގައުމީ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު ހުސެއިން ހަލީމަށް ލިބިއްޖެއެވެ.
Advertisement

އޮލިމްޕިކް ކޮމިޓީން ފަހިކޮށްދިން މި ޕްރޮގްރާމަކީ އެމެރިކާގެ ޑެލެވެއާ ޔުނިވާސިޓީ އިން ކުރިއަށްގެންދާ ކޯހެކެވެ. މިއީ 10 މަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮގްރާމްގައި އަށް މޮޑިއުލެއް ކިޔަވައިދޭނެއެވެ.

އޭގެ ތެރޭގައި ސްޕޯޓްސް ޓެކްނޮލޮޖީ، އެތުލީޓުންގެ ޕާފޯމަންސް އިވެލުއޭޝަން، ސްޕޯޓްސް ސައިކޮލޮޖީ، ސްޕޯޓްސް ނިއުޓްރިޝަން، ޓްރެއިނިން ބައްޓަން ކުރާނެ ގޮތް، ނަފްސާނީ ގޮތުން އެތުލީޓުން ތައްޔާރުކުރުން އަދި ކޯޗުންގެ އެތިކަލް ލީޑާޝިޕް ފަދަ މުހިންމު ކަންކަން ހިމެނެއެވެ.

ހުސެއިން ރަސްމީކޮށް އެތުލެޓިކްސް ކޯޗިން ކޯސް ފުރިހަމަކުރީ 2018 ވަނަ އަހަރުއެވެ. އެ އަހަރު ކޯޗިންގެ ލެވަލް އެކެއް ފުރިހަމަ ކުރުމަށްފަހު އެ އަހަރުގެ ނޮވެމްބަރު މަހު ސިންގަޕޫރުގައި ކޯޗިންގެ ލެވަލް ދޭއް ވެސް ވަނީ ފުރިހަމަކޮށްފައެވެ. އޭގެ ފަހުން އޭނާ އެތުލެޓިކްސްގެ ޔޫތު ޓީމުތަކާ އެކު މަސައްކަތްކުރި އެވެ.

ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ، ހުސައިން ދުވުން ހުއްޓާލީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހަޓީގައި އޮތް ސައުތު އޭޝިއަން ގޭމްސް އަށް ފަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް