ads
މިނިސްޓަރު އަސްލަމް މަޖިލީހުގެ މިއަދުގެ ޖަލްސާގައި
ައައްޑޫގެ ނަތީޖާ ރަނގަޅު، ބޭސްވާން ޖެހިއްޖެއްުޔާ ކުޅުދުއްފުއްޓަށް ވެސް ދާނަން: މިނިސްޓަރު
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އައްޑޫގައި ބޭސްވިފަހުން ހިންގާ ތަރައްގީގެ މަޝްރޫތައް ހަލުވިވެ ރަނަގަޅު ވެއްޖެކަމަށާއި، ކުޅުދުއްފުށީގެ މަޝްރޫތައް ވެސް ލަސްވާނަ، އެ ރަށަށް ވެސް ވަޑައިގަންނަވާނެކަމަށް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރު މިހެން ވިދާޅުވީ ބައެއް މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީގައި ބޭސްވާންޖެހިއްޖެ ހާލަތެއް އައިސްފިނަމަ ބޭސްވާނެކަމަށެވެ. އަދި އެރަށުގައި ބޭސްވެދާނަންތޯ ސުވާލުކުރެއްވީ ކީއްވެކަން އެނގިލައވާކަމަށެވެ. 

މީގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، "އައްޑޫގަ ބޭސްވެގެން ހުރެގެން މަސައްކަތްތަަކަށް ހައްލު ހޯދައިދެވިއްޖެ" ކަމަށެވެ. 

"މަސައްކަތްތަކުގެ ސްޕީޑުވެސް ރަނގަޅުވަމުންދާކަން. އައްޑޫގެ މަސައްކަތްތަކުގަ ހުރި މައްސަލަތައް ވެސް އަޅުގަނޑަށް ހަމަލޮލުން ފެނި ފާހަގަވެއްޖެ. އަވަހަށް ހައްލު ހޯދެން ހުރި ކަންކަން އަވަހަށް ހައްލުވެސް ހޯދަން އެބަ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ މަގު ހެދުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދުވަސްކޮޅަކަށް އެ ސިޓީއަށް ބަދަލުވެވަޑައިގެންފައިވަނީ މިމަހު ކުރީކޮޅުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް