ads
ހަނިމާދޫ އެއަޕޯޓް
ހަނިމާދޫން ފްލައިޓް ނައްޓާލަނިކޮށް ކުޑަކުއްޖަކު ނިޔާވެއްޖެ
ހދ ހަނިމާދޫއިން ރޭ އިރާކޮޅު މާލެއަށް ދަތުރުކުރަން އޮތް ފްލައިޓެއްގައި ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.
Advertisement

އެނގިފައިވާ ގޮތުގައި ފްލައިޓްގައި ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމަށް ނިންމި 12 އަހަރުގެ ފިރިހެން ކުއްޖެކެވެ. 

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެކުއްޖާ ނިޔާވީ ފްލައިޓް ނައްޓާލުމަށް އެންމެ ފަހުގެ ތައްޔާރީތައްވެ ރަންވޭމަތީގައި އޮއްވައި ކަމަށާއި، އެހެންކަމުން ފްލައިޓް ޑިލޭކުރަން ޖެހުނު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ކުއްޖާއަކީ ސިޓިން ޕެސެންޖާއެއްގެ ގޮތުގައި، ދަތުރު ކުރެވޭނެކަމަށް ހޮސްޕިޓަލުން ނިންމާ ލިއުންތައް ދީ ފޮނުވި ކުއްޖެއްކަމަށާއި ނަމަވެސް ހަނިމާދޫ އެއާޕޯޓްގެ ގްރައުންޑް އޮޕަރޭޝަންސް އޮފިޝަލުންނަށް ކުއްޖާ ފެނުމުން ސިޓިން ޕެސެންޖާއެއްގެ ގޮތުގައި ދަތުރު ނުކުރެވޭނެކަން އެނގުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ހަނިމާދޫއަށް ގެންދިޔަ އިރުވެސް ވަރަށް ހާލުދެރަ، ދެން ހޮސްޕިޓަލަށް ގުޅައިގެން ސްޓްރެޗާ ޕޭޝެންޓެއްގޮތަށް ލިއުންތައް ބަދަލުކޮށްގެން، ސްޓްރެޗާ ހަމަޖައްސައިގެން ފްލައިޓް ނައްޓާލަން ތައްޔަރުވެ ރަންވޭމަތީގައި އޮއްވާ ކުއްޖާ ނިޔާވީ، އޭރު ފްލައިޓް ނައްޓަނުލާ" އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅޭގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

އުތުރުގެ އެންމެ ބޮޑު ހޮސްޕިޓަލް ހުންނަ ކުޅުދުއްފުށީގައިވެސް އެއާޕޯޓެއް އޮންނަ އިރު، ބަލިމީހުން އުފުލުމަށް ހަނިމާދޫއަށް ފޮނުވަން ޖެހޭތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

56%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
44%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް