ads
ޖާބިރު
ޑީއާރުޕީ މައްސަލަ ދެވަނަ ފަހަރަށްވެސް ކޯޓުން ބޭރުކޮށްލައިފި
ދިވެހި ރައްޔިތުންގެ ޕާޓީ – ޑީއާރުޕީ އުވާލަން ނިންމުމުން އެކަން ހުއްޓުވަން އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ދެވަނަ ފަހަރަށްވެސް ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ޑީއާރުޕީ އުވާލުމަށް ނިންމީ، ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކުރަން ދިން މުއްދަތުގެ ތެރޭ ޕާޓީއަށް މެމްބަރުން ހަމަ ނުކުރެވުމުގެ ސަބަބުންނެވެ. 

ޑީއާރުޕީގެ ނަމުގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އީސީ އިން ވަނީ އަންގާފަ އެވެ. މިކަމާއި ގުޅިގެން ޑީއާރުޕީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލީއެވެ.

ހައިކޯޓުން މައްސަލަ ބޭރުކޮށްލުމުން ދެވަނަ ފަހަރަށް ހައިކޯޓަށް ޑީއާރުޕީން އެ މައްސަލަ ހުށަހެޅީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް ހުށަހެޅި ހުށަހެޅުންވެސް ހައިކޯޓުން ބޭރުކޮށްލީއެވެ.

ޑީއާރުޕީގެ މައްސަލަ ދެވަނަ ފަހަރަށްވެސް ހައިކޯޓުން ބޭރުކޮށްލިއިރު، އެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރަށް، "ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުންވަނީ މިހާރު ދީފައެވެ.

ޑީ އާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާއިރު، ރައީސް މައުމޫނުގެ ޒައާމަތުން ފެށިގެން ވާރުތަވަމުން އަންނަ އެތައް މިލިއަން ރުފިޔާގެ ދަރަންޏެއް ޑީއާރުޕީގައި އެބައޮތެވެ.

ޖާބިރު އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއިރު، ޑީއާރުޕީގެ އިތުރުން މީގެކުރިންވަނީ، ޕީއޭއާއި ޖުމްހޫރީ ޕާޓީގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް