ލިވަޕޫލް ކެޓީ ރޭ ޗެލްސީ އަތުން ދެ ލަނޑު ސުންލަނޑުން ބަލިވެގެންނެވެ.
މިއީ ހަފްތާއެއްގެ ތެރޭގައި ލިވަޕޫލް ބަލިވި ދެވަނަ މެޗެވެ. މި ހަފުތާ ތެރޭ ވަޓްފޯޑް އަތުން ލަދުވެތި ގޮތަކަށް ތިން ލަނޑު ސުންލަނޑުންވެސް ލިވަޕޫލްވަނީ ބަލިވެފައެވެ.
ރޭގެ މެޗުގައި ޗެލްސީން ކުރި ހޯދީ މެޗުގެ ކުރީކޮޅު ވިލިއަން ޖެހި ގޯލުންނެވެ. ޗެލްސީއަށް ދެވަނަ ގޯލް ދެވަނަ ހާފުގެ ތެރޭގައި ޖަހާދިނީ ރޮސް ބާކްލީއެވެ.