ads
ހަސަންފުޅު
ހަސަންފުޅު ގެއްލުނުތާ 23 ދުވަސް، ހަބަރެއް ނެތް؟
މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އއ. މަތިވެރިން ގެއްލިގެން ހޯދަމުންދާ 73 އަހަރުގެ އެރަށު ރިވެލި، ހަސަން އަލީ ގެއްލުނުތާ މިއަދަށް 23 ދުވަސް ވީއިރުވެސް އޭނާގެ އެއްވެސް ހިލަމެއް އަދިވެސް ނުވެއެވެ.

ކައުލްސިންގެ ރައީސް އަހުމަދު އަސްލަމް "ސީއެންއެމް" އަށް ވެފައިވަނީ ހަސަންފުޅު ހޯދުމަށް ރަށުގެ ފަޅުތެރެއާއި މޫދާއި ރަށުގެ ހުރިހާތަކަނާއި ކައިރި ރަށްތައްވެސް ބަލާފައިވާ ކަމަށެވެ.

އަސްލަމް ކުރިން ސީއެންއެމްއަށް ވިދާޅުވީ، ބެލިބެލުމުން ހަސަންފުޅު އާންމުކޮށް ގެންގުޅޭ ދުފާ ތަބަކާއި، ފޯނާއި ވޮލެޓްވެސް ގޭގައި އޮތްކަމަށެވެ.

"ފޯނު ބާއްވާފައި އާންމުކޮށް ދަނީ ނަމާދަށް ދާނަމަ. ނަމާދަށް ގޮސްފައި. މޫދަށް އެރިލައި ހަދާލައިގެންވެސް ބައެއް ދުވަސް ދުވަހު އާދޭ. އެކަމަކު އަޅުގަނޑުމެންނަކަށް ސީދާ ޔަގީނެއް ނޫން އަދި އިއްޔެ ހަރަކާތްތައް ހުރީ ކިހިނެތް ކަމެއް، " ކައުންސިލު ރައީސް ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ބުނީ ހަސަންފުޅު ހޯދުމަށް ރަށާއި ފަޅުތެރެ އަދި މޫދާއި ކައިރި ރަށްތައް ބެލުމަށްފަހު، ހަސަންފުޅު މާލެއަށް ދިޔަތޯ ބެލުމަށް، މާލެވެސް ބަލަމުން ގެންދާކަމަށެވެ. އެގޮތުން މާލޭގެ ސީސީޓީވީ ފްޓޭޖްތައްވެސް ބަލަމުން ގެންދާކަމަށާއި މީހުނާއި ސުވާލުކުރުމާއި ބަޔާންތައްވެސް ނަގަމުން ގެންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެގޮތުން މިހާތަނަށް 29 މީހެއްގެ ބަޔާން ނަގާފައިވާއިރު، 199 މީހުނާއި ސުވާލުކޮށް މައުލޫމަތު ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މަތިވެރިން ލިބެންހުރި ސީސީޓީވީ ފްޓޭޖްތައް ހޯދާ 157 ގަޑިއިރުގެ ފްޓޭޖް މިހާތަނަށް ދިރާސާކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ހަފަންފުޅަށް ވީގޮތެއް ދިޔަ ތަނެއް މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް