ads
ގާޒީ އާދަމް އިބްރާހީމް
ގާޒީ އާދަމް އިބްރާހީމްގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލް ފަރުވާ ކުޑަކުރިކަމަށް ބުނެ ބަލަން ފެށި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖޭއެސްސީން ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހީމް އިސްމާއީލް ފަރުވާ ކުޑަކުރިކަމަށް ބުނެ ބަލަން ފެށި ސުލޫކީ މައްސަލަ އެއް ބަލަން ޖޭއެސްސީން ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާޒީ ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވޭ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ފެށި ކަމަށް ބުނިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ޖޭއެސްސީން މިއަދު ބުނީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.

ޤާނޫނު  ނަންބަރު  2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު 2021/21 ނަންބަރު ޝަކުވާއާ ގުޅިގެން 2021 ޑިސެމްބަރު 13 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 2023 ފެބްރުއަރީ 15 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 13 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ ތަހުގީގަކަށް ފަހު ސުލޫކީ މައްސަލައެއް ނެތް ކަމަށް ޖޭއެސްސީން މި މައްސަލައިގައި ނިންމިއިރު، ޖޭއެސްސީން މައްސަލަތައް ތަހުގީގު ކުރާއިރު، ކަންކަން ކުރާގޮތާއި ގުޅޭގޮތުން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު ދާދިފަހުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީން ތަހުގީގު ކުރަމުންދާއިރު ޖެއްސުމަށްވެސް ފަނޑިޔާރުންނާ ސުވާލު ކުރާކަމަށެވެ.

ސުއޫދު ވިދާޅުވީ ޖޭއެސްސީން ވިޔަސް މައްސަލައެއް ތަހުގީގުކުރާއިރު އެކަން ކުރަންޖެހޭ ހަމަތަކެއް ނުންނާނެކަމަށެވެ. އަދި ފަނޑިޔާރުންނަށް މަލާމާތްކޮށް ޖެއްސުންކޮށް ފުރައްސާރަކުރާ ގޮތަކަށް ސުވާލު ކުރެވިގެން ނުވާނެކަމަށް ސުއޫދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް