އޮރިޔާން ކާޑުގެ މުއާމަލާތްތައް ކުށަކަށް ހެދުމަށް ހުށަހެޅީ ސައިބާ ކްރައިމްގެ ކުށްތަކާއި ހުއްދަނެތި އިލެކްޓްރޯނިކް ޑިވައިސްތަކަށް އެކްސަސްވުން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި އިސްލާހުގައެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި އިސްލަހުގައި ވަނީ ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުމާއި ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުމާއި ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުމާއި ސައިބާ ވަޔަލަންސްގެ އަމަލުތައް ހިންގުމާއި ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތަކާއި ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް އަދި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ކުށަކަށް ހެދުމަށެވެ.
މި އިސްލާހުގައި ބުނާފަދަ ކުށަކަށް އަރައިގެންފި ނަމަ އަދަބެއްގެ ގޮތުން އެއް އަހަރަށް ވުރެ ދިގުނުވާގޮތަށް ޖަލަށް ޖެލޭގޮތަށްވެސް ހިމަނާފައި ވެއެވެ.
މީގެއިތުރުން ސައިބަ ކްރައިމްއާއި ގުޅިގެން އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ބޭރު ގައުމުތަކުން ހޯދުމަށް 24 ގަޑިއިރު އިންގާ ނެޓްވޯކެއް ގާއިމް ކުރުމަށް ވެސް އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.