ads
ޕީޕީއެމްގެ އެއްވުމެއްގެ ތެރެއިން
ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހާގެ ބަންދު އިތުރުކޮށްފި
ދަނޑިބުރިއަކުން ފުލުހަކަށް ހަމަލާދީގެން ހައްޔަރު ކުރި އިދިކޮޅު އެކްޓިވިސްޓްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
Advertisement

ދަނޑިބުރިއަކުން ފުލުހަކަށް ހަމަލާދީގެން ހައްޔަރު ކުރި އިދިކޮޅު އެކްޓިވިސްޓްގެ ބަންދު މިދިޔަ ހަފްތާގައި ޖެހީ ތިން ދުވަހަށެވެ. އޭނާގެ ބަންދު މުއްދަތު އިތުރު ފަސް ދުވަހަށް މިއަދުވަނީ އިތުރުކޮށްފައެވެ.

މި މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑް އޮންނަ މީހެކެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ހައްޔަރު ކުރި މި މީހާއަކީ ހައްދުންމަތީގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. މުޒާހަރާތެރެއިން ހައްޔަރު ކުރި ކަމަށް ބެލެވޭ މި މީހާވަނީ މުޒާހަރާތެރެއިން ޑިޕްލޮމެޓިކް ކާރަކަށް ހުރަސް އަޅާފައެވެ. އެކަން އެ ގޮތަށް ނުކުރުމަށް ފުލުހުން އޭނާއަށް ނަސޭހަތްތެރިވުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ދަނޑިބުރިއަކުން ފުލުހަކަށް ހަމަލާދީފައިވާ ކަމަށް ބަންދު އަމުރު ރިޕޯޓުގައިވެއެވެ.

އުމުރުން 37 އަހަރުގެ މި މީހާ ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި އަމުރު ކުރީ އެ ކޯޓުގެ ގާޒީ ސަފްއަތު ހަބީބުއެވެ. ބަންދު މުއްދަތު މިއަދު އިތުރު ކުރީ ގާޒީ އާދަމް މުހައްމަދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް