ads
ބޮޑު ސުނާމީއެއް އަންނަތަން ދައްކުވައިދޭ މަންޒަރެއް
މި އަހަރު އަންނާނެ ކަމަށް ބުނާ ބޮޑު ސުނާމީގެ ހަގީގަތަކީ ކޮބާ؟
މި އަހަރު ބޮޑު ސުނާމީއެއް އަންނާނެކަަށް ބުނެ އަންނަނީ ތަފާތު ވާހަކަތައް ފެތުރެމުންނެވެ.

ދާދިފަހުން ސީރިއާއާއި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމަށްފަހު މި އަޑުތައް ވަނީ އިތުރުވެފައެވެ. 

މީސްމީޑިއާގައި ފަތުރާ ބައެއް ހަބަރުތައް ބުނާގޮތުން މިއަހަރު އަންނަ ސުނާމީގެ އަަސަރު މުޅި ދުނިޔެއަށް ކުރުމަކީވެސް އެކަށީގެންވާކަމެކެވެ. 

ނަމަވެސް، މިކަމުގެ ހަގީގަތަކީ ކޮބާހެއްޔެވެ؟ ސުނާމީ އުފެދެނީ ކޮންތާކު ހެއްޔެވެ؟ އަދި ސުނާމީއަކުން މުޅި ދުނިޔެއަށް އަސަރު ކޮށްފާނެހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ކޮންމެވެސް ވަރަކަށް ހޯދައިލީމެވެ. މިގޮތުން 2023 ވަނަ އަހަރު ބޮޑު ސުނާމީއެއް އުފެދިދާނެކަމަށް ބެލެވޭ ބައެއް ސަބަބުތަކަށް ބަލައިލާނަމެވެ. 

މީގެ 3800 އަހަރު ކުރިން އުފެދުނު ބޮޑު ސުނާމީ: 

ސައިންސުވެރިން ހޯދާފައިވާގޮތުން މީގެ 3800 އަަހަރު ކުރިން މިހާރު ޗިލީ އޮތް ސަރަހައްދަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މި ބިންހެލުމުގައި އުފުދުނު ސުނާމީގެ ބޮޑުމިނުގައި 20 މީޓަރު (65 ފޫޓު) ހުއްޓެވެ.  

މި ބިންހެލުން އުފެދުނީ ނާޒްކާ ޓެކްޓޯނިކް ޕްލޭޓްތައް ސައުތް އެމެރިކަން ކޮންޓިނެންޓަލް ޕްލޭޓްގެ ދަށަށް ވަނުމުގެ ސަބަބުންނެވެ. 

your imageސައުތް އެމެރިކަން ޓެކްޓޯނިކް ޕްލޭޓް އަދި ނާޒްކާ ޓެކްޓޯނިކް ޕްލޭޓް

މީގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ބިންހެލުންތަކާ ސުނާމީތައް ތަކުރާރުކޮށް އައެވެ. މިގޮތުން 1966 ވަނަ އަހަރުވެސް ވަނީ ބިންހެލުމަކާއެކު ސުނާމީއެއް އައިސްފައެވެ. އެ ބިންހެލުމަކީ އިންސާނުންގެ ތާރީހު ރެކޯޑުކުރަންފެށިފަހުން އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގެ މެގްނެޓިއުޑަކީ 9.5 އެކެވެ. އަދި އުފެދުނު ސުނާމީގެ އުސްމިނުގައި 10 މީޓަރު ހުއްޓެވެ. މި ސުނާމީގެ އަސަރު ކެލެފޯނިއާއާއި ހަމައަށް ކުރިއެވެ. އަދި 6000 މީހުން މަރުވިއެވެ. 

ޗިލީގެ ސަރަހައްދަށް އައި ސުނާމީއަކީ މީގެ 3400 އަަހަރު ކުރިން އައި ފަދަ ސުނާމީއެއް އައުމުގެ އަލާމާތެއްކަމަށް ވެސް ސައިންސުވެރިން ބުނެއެވެ. 

ޗިލީކައިރިން 20 މީޓަރުގެ ސުނާމީއެއް އުފެދިއްޖެނަމަ ދުނިޔޭގެ ކަނޑު އޮތް ކޮންމެ ހިސާބަކަށް ވެސް އޭގެ އަސަރު ކުރުން ވަރަށްގާތްކަމަށް ސައިންސުވެރިން ބުނެއެވެ. 

އިޓަލީގެ ސިސިލީގައި އަލިފާން ފަރުބަދައެއް ކަނޑަށް ގަރަގުވުން:

އިޓަލީގެ ސިސިލީގައި ހުރި "އެޓްނާ" ގެ ނަމުން މަޝްހޫރު އަލިފާން ފަރުބަދައެއް އަންނަނީ މަޑުމަޑުން މެދުތެރޭކަނޑު ނުވަތަ މެޑިޓޭރިއަންއަށް ގަރަގުވަމުންނެވެ. 2022 ވަނަ އަހަރު އެ އަލިފާން ފަރުބަދަވަނީ އާންމުކޮށް ގޮވާ މިންވަރަށްވުރެ ދެ ގުނަ ބާރުކޮށް ގޮވާފައެވެ. އޭގެ މާނައަކީ އިޓަލީގެ އަޑިން ވެސް ޓެކްޓޯނިކް ޕްލޭޓްތަކަށް ބަދަލުއަންނަކަމެވެ. އަދި އެ ސަރަހައްދުން އަލިފާން ފަރުބަދަ އެއްކޮށް ގަރަގުވުމުން ބޮޑު ސުނާމީއެއް އުފެދޭނެކަމަށް ސައިންސުވެރިން ބުނެއެވެ. 

ސުނާމީގެ އަސަރު ބޮޑަށް ކުރާނީ ޔޫރަޕަށް ނަމަވެސް، މޫދާ ކައިރި ސަރަހައްދުތަކުގއި ދިރިއުޅޭ އެންމެނަށް ވެސް އޭގެ އަސަރު ކުރުން ގާތެވެ. 

your imageއެޓްނާ އަލިފާން ފަރުބަދަ

ރަޝިޔާގެ ސުނާމީ މިސައިލުތައް:

ރަޝިޔާއިން ވަނީ "ޕޮސައިޑެން ތްރޮޕީޑޯ" ގެ ނަމުގައި ކަނޑުގެ އަޑިން ގޮއްވާލައިގެން ސުނާމީ އުފެއްދުމުގެ ގާބިލުކަން ހޯދާފައިވާ މިސައިލުތަކެއް އުފައްދާފައެވެ. 24 މީޓަރުގެ ދިގު މި މިސައިލުތަކަކީ ނިއުކުލިއާ ހަކަތަ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ހުރި ތަކެއްޗެކެވެ. 

މިފަދަ މިސައިލު ހުރި ހަމައެކަނި ގައުމަކީ ރަޝިއާއެވެ. އެ ގައުމާ ޔޫކްރެއިންއާއި 2022 ވަނަ އަހަރު ހަނގުރާމަ ފަށާފައިވާއިރު، ޔޫރަޕުގެ ގައުމުތަކުން ގެންދަނީ ޔޫކްރެއިންއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

your imageރިޝިޔާގެ ޕޮސައިޑެން ތްރޮޕީޑޯ

މިހެންކަމުން ރަޝިއާއަށް ޔޫކްރެއިން ކައިރިން މޮޅުވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ސުނާމީ އުފައްދާ މިސައިލުތައް ރަޝިޔާއިންގެ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވާލައި ގޮއްވާލުމަކީވެސް އެކަށީގެންވާކަމެކެވެ. 

މި މިސައިލުތަކުން އުފެދޭ ސުނާމީގެ އުސްމިނުގައި 500 މީޓަރު ހުންނާނެއެވެ. މީގެ 34 މިސައިލު އެބަހުރިކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. 

21%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް