
މާދަމާއިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ އަފްގާނިސްތާނާއި ސިންގަޕޫރު އެވެ. އަފްގާނިސްތާނުން އަންހެން ޓީމެއް ބައިވެރިނުވެއެވެ. އަންހެން ޑިވިޝަނުގައި ރާއްޖޭން ވާދަކުރަނީ މެލޭޝިއާ އާއި ސިންގަޕޫރާ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ރާއްޖޭން 16:30 ގައި މެލޭޝިއާއާ ކުޅޭނެ އެވެ. އަދި ފިރިހެން ޑިވިޝަނުގައި ބުރާސްފަތި ދުވަހުގެ ރޭގައި ރާއްޖޭން މެލޭޝިއާއާ ވާދަކުރާނެ އެވެ.
ފިރިހެން ޑިވިޝަނުގައޮ ލީގު ބުރެއް ކުޅުމަށް ފަހު އެއް ވަނަ ޓީމު ސެމީގައި ކުޅޭނީ ހަތަރު ވަނަ ޓީމާ އެވެ. އަދި ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު އަނެއް ސެމީގައި ބައްދަލުކުރާނެ އެވެ. ދެ ސެމީން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަކުރާނެ އެވެ.
އަންހެން ޑިވިޝަނުގައި ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ޓީމު ދާނީ ފައިނަލަށެވެ. އަދި ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން ފައިނަލްގެ އަނެއް ޖާގަ ކަނޑައެޅޭނެ އެވެ.