ads
ކްރިމިނަލް ކޯޓު
ރައްކާތެރި ނުވުމުން ކްރިމިނަލް ކޯޓް އިމާރާތް ބޭނުންކުރުން ހުއްޓާލައިފި
އިމާރާތް ބާވެ ބޭނުންކުރުން ރައްކާތެރި ނޫންކަމަށް ފަންނީ މާހިރުންގެ ލަފާ ލިބުމުން ކްރިމިނަލް ކޯޓްގެ އިމާރާތް ބޭނުންކުރުން ހުއްޓާލައިފިއެވެ.

ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާތަނަކަށް ވުމުން ކަމާބެހޭ މާހިރުން ލައްވާ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ.

އަދި އިންސްޕެކްޝަނަށްފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށާއި އެހެންކަމުން، ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓު އިމާރާތް ބޭނުން ކުރުން ހުއްޓާލާފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ ބޭނުން ކުރުން ހުއްޓާލާފައިވަނީ ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބާ އިމާރާތް ކަމަށެވެ. އަދި ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދާނެކަމަށެވެ.

"ކޯޓުގެ މަސައްކަތްތައް ތަރުތީބުކޮށް, ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި, ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުންނާއި, ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކޯޓުގެ ހިދުމަތް ވީހާވެސް ރަނގަޅަކަށް ދެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށް" ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ކްރިމިނަލް ކޯޓް ހިންގަމުން ގެންދިޔަ އިމާރާތް ބާވެ އެތަގެ ބައެއް ބައިތައް ވެއްޓުންފަދަ ހާދިސާތައްވެސް މިފަހުން ހިނގާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް