ރޭ އިންޓަމިލާނާ ޕޯޓޯގެ މެޗުން އިންޓަ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. ޕޯޓޯ އިން ބަލިވިއިރު މެޗު ނިންމާލީ 78 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު، އޮޓާވިއޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ލުކާކޫ، އިންޓަމޮޅުވި ލަނޑު ޖެހީ މެޗުގެ ފަހުކޮޅުއެވެ. ދެ ވަނަ ލެގުގައި ޕޯޓޯ ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.