ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު މިއަދު ވިދާޅުވިގޮތުން އެ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ މާފުށި ޖަލަށް ގެނައި ގައިދީ އެކެވެ.
އޭނާ މަސްތުވާތަކެތި ޖަލަށް ވައްދަން އުޅޭ ކަމަށް އެނގުނީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ. އަދި އެމައުލޫމާތާއި ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު މަސްތުވާތަކެތި ޖަލަށް އެތެރެކުރަން އުޅުނީ ފުރަގަސްފަރާތް ބޭނުންކޮށްގެން ކަމަށް ސީޕީ އަހުމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.
އެ މަސްތުވާތަކެތި އަތުލައިގަތީީ ފުލުހުންނާއި ގުޅިގެން ނެވެ. ނަމަވެސް އަތުލައިގަތީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އެމައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.