ދެ ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް ހުޅުވާލައިފި
މުހައްމަދު އަތީފް
23 ފެބްރުއަރީ 2023 - 13:06:43
ސަރުކާރުގެ ފަރާތުން ދެ ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީ ބިލެކެވެ. އެ ގޮތުން އެ މިނިސްޓްރީން އިއުލާނުކޮށްފައިވަނީ:
- 28 ދުވަހުން އަނބުރާ ދެއްކުމަށް - 905 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 98 ދުވަހުން ދެއްކުމަށް - 333.7 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 182 ދުވަހުން ދެއްކުމަށް - 296 މިލިއަން ރުފިޔާގެ ޓީ ބިލެއް
- 364 ދުވަހުން ދެއްކުމަށް - 494.1 މިލިއަން ރުފިޔާގެ ޓީ ބިލެއް
މި މަހުގެ 27 ވާ ހޯމަ ދުވަހަކީ މި ބިލުތަކުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގައެވެ.
ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:
- 905 މިލިއަން ރުފިޔާގެ ޓީ ބިލް - 3.50 އިންސައްތަ
- 333.7 މިލިއަން ރުފިޔާގެ ޓީ ބިލް - 3.87 އިންސައްތަ
- 296 މިލިއަން ރުފިޔާގެ ޓީ ބިލް - 4.23 އިންސައްތަ
- 494.1 ބިލިއަން ރުފިޔާގެ ޓީ ބިލް - 4.60 އިންސައްތަ
އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް